ސީރިއާގައި ހުރި އީރާނުގެ ކޮންސިއުލޭޓަށް އިޒްރޭލުން ދިން މިސައިލް ހަމަލަގެ ބަދަލު ހިފުމަށް ރޭ އީރާނުން އިޒްރޭލަށް ހަމަލާތަކެއް ފޮނުވާލުމަށް ފަހު ބަދަލު ހިފުމުގެ އެ ހަމަލާ ނިމުނީކަމަށް ބުނެފިއެވެ.

ރޭ އިޒްރޭލުން އިމަންޖެންސީ ސައިރަންގެ އަޑު ކަނޑައިގެން ނުދާއިރު ޖުމްލަ 300 ހަމަލާ އިޒްރޭލަށް އަމާޒުވި ކަމަށް އިޒްރޭލުން ބުނެފައި ވެއެވެ. ހަމަލާތައް އައި ތަންތަނަކީ އީރާނާއި އީރާގައި ޔަމަން ކަމަށް ވެސް ބުނެފައި ވެއެވެ.

މިހަމަލާތަކުގެ 99 ޕަސެެންތް ވައިގެ ތެރޭގައި ގޮއްވާލާފައި ވާ އިރު އީރާނުން ބުނީ، އެތައް ސަތޭކަ ޑްރޯން އަކީ މިސައިލެއް ފޮނުވާލި ކަމަށެވެ. މީގެ ތެރެއިން އިޒްރޭލުގެ ސަރަހައްދުތަކަށް ވެއްޓުނީ 4 އެއްޗެވެ. އެއިން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

އީރާނުގެ ހަމަލާ އާ ގުޅިގެން ވަރުގަދަ ބަދަލުދޭން އިޒްރޭލުގެ ކަނާއަތުފިޔައިގެ ހަރުކަޒު ވަޒީރުން ގޮވާލާފައި ވާ އިރު، އިޒްރޭލުން ހަމަލާ ވަރުގަދަ ކުރީ ޕަލަސްތީނާ ދެކޮޅަށެވެ.

އިޒްރޭލުގެ ޖާސޫސީ އިދާރާ މޮސާޑުން ބުނީ ސުލްހައިގެ ވާހަކަތއް ހަމާސްއާ ހެދި ކުރިއަށް ނުދާ ކަމަށާއި ގާޒާ ހަނގުރާމައިގެ ބާކީ ބައި "ފުލް ފީސް" ގައި ޖައްސާފައި ވާ ކަމަށެވެ. އެގޮތުން ހަމާސް ގެ އަތްދަށުގައި ތިބި އިޒްރޭލުގެ 133 މީހުން މިނިވަން ވަންދެން ނުވަތަ މިނިވަން ކުރުމަށް ނުފުރޮޅާނެ ގާކޮޅެއް ނުބާއްވާނެ ކަމަށާއި ހަމަލާތައް ވަރުގަދަވާނެ ކަމަށް ބުނެފައި ވެއެވެ.

މިއާއެކު އިޒްރޭލުން ރޭ ވަނީ ގާޒާއަށް ވަރުގަދަ ހަމަލާތަކެއް ދީ ބޮން އަޅާ އެތައް އިމާރާތެއް ގޮއްވާލާފައެވެ.

އިޒްރޭލުން އީރާނާއި ޔަމާނާއި އީރާގަށް ރައްްދު ދޭނެ ގޮތެއް އަދި ހާމަ ކޮށްފައި ނުވި ނަމަވެސް އީރާނުގެ ހަމަލާތަކާ ގުޅިގެން ބަންދުކުރި އިޒްރޭލާއި އަދި ކައިރި ގައުމުތަކުގެ ވައިގެ ސަރަހައްދު މިހާރު ވަނީ ހުޅުވާލާފައެވެ.