އީރާނުން އިޒްރޭލަށް މިސައިލާއި ޑްރޯން ހަމަލާ ދީފިއެވެ.

އެތައް ސަތޭކަ މިސައިލަކާއި ޑްރޯން އެއް ބޭނުނަ ކޮށްގެން ދިން މިހަލާގައި އިޒްރޭލުން ވަނީ ވައިގެ ތެރޭގައި ގިނަ ހަމަލާތައް ގޮއްވާލާފައެވެ. ނަމަވެސް 4 ހަމަލާއެއް އިޒްރޭލުގެ ވެރިކަން ކުރާ ތެލްއަވީވަށާއި އިތުރު 3 ސިޓީއަކަށް އަރާފައި ވެއެވެ.

މި ހަމަލާތަކުން ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި ނުލިބެއެވެ.

އާންމުވެފައި ވާ މަންޒަރުތަކުން ފެންނަނީ އިޒްރޭލުގެ މުޅި ޖައްވުގައި ގޮވާ ކުނޑިކުނޑި ވަމުންދާ މިސައިލާ ޑްރޯންގެ ބައިތައް ތަރިތަކެއް ހެން ފިޔަޖަހަމުން ދާ ތަނެވެ.

މުޅި އިޒްރޭލުގެ ޖައްވު ގުގުމާލާފައި ވަނީ ހަމަލާއެއް އަންނަ ކަމުގެ ސައިރަންގެ އަޑުންނެވެ.

މިހަލާގެ ރައްދު އިޒްރޭލުން އަދި ފަށާފައި ނުވާ އިރު އެމެރިކާގެ ސެކިއުރިޓީ އޮފިޝަލުންގެ ކުއްލި ބައްދަލުވުމެއް ފެށިގެން ކުރިއަށް ދާ ކަމަށް ހަބަރުތައް ބުނެއެވެ.

އެމެރިކާ އަކީ އިޒްރޭލަށްޓަކައި ކޮންމެ ފަދަ ކަމެއް ވެސް ކުރާނެ ކަމަށް ބުނެފައި ވާ ގައުމެކެވެ.