ބަދަލު ހިފުމަށް އެއްވެސް މަސައްކަތެއް ނުކުރާނެ ކަމަށާއި އެއްވެސް ތަފާތު ކުރުމެއް ނެތި ނަތީޖާ ނެރުމަށް މަސައްކަތް ކުރުމުގައި ދެމިހުންނާނެ ކަމަށާއި އެކަމަށް ބޭނުންވަނީ ރައްޔިތުންގެ އެއްބާރުލުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިރޭ ކުރިއަށް ދިޔަ ކެމްޕެއިން ޖަލްސާގައި ވާހަކަ ފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، މި ސަރުކާރު މިއޮތީ ކަންކަން ކޮށް ދިނުމުގެ ރޫހެއްގައި ކަމަށާއި ރައްޔިތުން އިސް ކުރަންވީ ގައުމާއި، ރަށާއި، އާންމު މަސްލަހަތާއި، ނަތީޖާ ނެރުން ކަމަށެވެ. ރައްޔިތުން ބޭނުންވަނީ ކަންކަން ވާން ކަމަށާއި، ރައްޔިތުންގެ ސަރުކާރުން މި އުޅެނީ ކަންކަން ކުރަން ކަމަށެވެ. އެހެންވީމަ އެއްބާރު ލުން ދިނީމަ ކަންކަން ވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މާލެ ސިޓީގެ ރައްޔިތުންނަށް އެންމެ މުހިއްމު އެއް ކަމަކީ ގެދޮރުވެރިކަމުގެ މައްސަލަ ކަން މިރޭ ވެސް ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ. ގެދޮރުވެރިކަމުގެ މައްސަލަ ހައްލު ކުރުމަށް މަޖިލިސް މެދުވެރިކޮށް ކުރަންޖެހޭ ބައިވަރު ކަންކަން އެބަހުރި ކަމަށާއި ގާނޫނު ބައްޓަން ވެފައި އޮތީކީ ސަރުކާރު އެކަނި މަސައްކަތް ކޮށްގެން ކަންކަން ނިންމޭ ގޮތަކަށް ނޫން ކަމަށް މުއިއްޒު ވިދާޅުވިއެވެ. ރައްޔިތުންގެ މަޖިލީހާ ނުލައި އެކަންކަން ކުރެވެން އޮތް ނަމަ އެމަނިކުފާނު އެވާހަކަ ނުދައްކަވާނެ ކަމަށާއި ނަމަވެސް ބިލްތައް ފާސްކުރުމާއި، ބަޖެޓުގެ ތެރެއިން ޖާގަ ހޯދަން ޖެހޭ އެތައް މަޝްރޫއެއް އެބަ ހުރި ކަމަށް މުއިއްޒު ވިދާޅުވިއެވެ.
އެއްވެސް ތަފާތު ކުރުމެއް ނެތި ރައްޔިތުންނަށް ވަރަށް އިންސާފްވެރިކަމާއެކީގައި މަސައްކަތް ކޮށް ދޭނެ ކެންޑިޑޭޓުން ހޮވުމަށް މި 5 އަހަރު ތެރޭގައި މާލެ ސިޓީގެ ގެދޮރުގެ މައްސަލަ ހައްލު ކުރަން ބޭނުންވެވަޑައިގަންނަވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެކަމުގައި ރައްޔިތުންނަށް ދެވޭނެ އެންމެ ބޮޑު އެއްބާރުލުމަކަށް ވާނީ އިންތިހާބުގައި ސަރުކާރުން ތާއީދުކުރާ ކެންޑިޑޭޓުން ހޮވައިދިނުން ކަމަށް މުއިއްޒު ވިދާޅުވިއެވެ. އޭރުން ހަލުވި ސްޕީޑުގައި ނަތީޖާ ނެރެވޭނެ ކަމަށާއި ހާއްސަކޮށް ގެދޮރުގެ މައްސަލައަށް ހައްލު ގެނެސްދެވޭނެ ކަމަށް
މީގެ ކުރިން ސަރުކާރުތަކުން ރައްޔިތުންނަށް ކޮށްދޭން ބުނާ ކަންކަން ކުރަން ފަށަނީ ދައުރު ނިމެން ގާތްވުމުން ކަމަށް މައިއްޒު ވިދާޅުވިއެވެ. ނަމަވެސް އެއީ އެމަނިކުފާނު ކަންކަން ކުރައްވަން ބޭނުންފުޅުވާ ގޮތް ނޫން ކަމަށާއި، މި ސަރުކާރުން މަސައްކަތް ފެއްޓީ ސަރުކާރާ ހަވާލުވިތާ ފުރަތަމަ މަސް ތެރޭ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން މާލެ ސަރަހައްދުގައި ގޯތި ދިނުމަށް ފަށާފައިވާ މަޝްރޫއު އިތުރަށް ފުރިހަމަ ކުރުމަށް އެ ހުޅުމާލެ އާއި ގުޅިފަޅާއި ގިރާވަރު ފަޅު ވެސް ކުރިން ހިއްކާފައިވާ ވަރަށް ވުރެ ބޮޑަށް ހިއްކަމުން އަންނަ ކަމަށާއި އެ ބިމުން ވެސް ނުވާނެތީ ފުށިދިއްގަރުފަޅު ވެސް ފުރަތަމަ މަސް ތެރޭ ހިއްކަން ފެށި ކަން ރައީސް ފާހަގަ ކުރެއްވިއެވެ.
ގުޅިފަޅަށް ކުރީ ސަރުކާރުން ބަދަލުކުރަން ނިންމާފައި ޕޯޓް މިހާރު ވާނީ ތިލަފުއްޓަށް ބަދަލުކޮށްފައި ކަމަށާއި އެ ބަދަލާ އެކު ގުޅީފަޅުން ލިބުނު ޖާގައިން ވެސް ގޯތި ދޫކުރަން ނިންމާފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ. ހަމައެއާއެކު ގުޅިފަޅުގެ ފުން ސަރަހައްދު ވެސް ހިއްކަައި މުޅި ގުޅީފަޅު ހިއްކަން ނިންމާފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން ގިރާވަރު ފަޅުން އިތުރު 50 ހެކްޓަރު ބިން ހިއްކާފައި ފުށީ ދިްގަރު ފަޅުވެސް ހިއްކަން ނިންމީ މާލޭގެ ގޯތިގެދޮރުގެ މި ބޮޑު މައްސަލަ ހައްލު ކުރުމުގެ ނިޔަތުގައި ކަމަށް މުއިއްޒު ވިދާލުވިއެވެ. ފުށިދިއްގަރުފަޅު ހިއްކަން ނިންމީކީ ގުޅިފަޅާއި ގިރާވަރުފަޅުގެ މަސައްކަތް ހުއްތާފައި މަޗްރޫއެއް ކުރިއަށް ގެންދިއުމަށް ނޫން ކަމަށާއި އެއީ އެތަންތަނުނުް އެކަނި މާލޭގެ ގެދޮރުގެ މައްސަލައަށް ހައްލު ނުގެނެވޭނެތީ ކަމަށް މުއިއްޒު ވިދާޅުވިއެވެ.