1،000 ރުފިޔާގެ ކޮންމެ ވިޔަފާރިޔަކަށް 100 ރުފިޔާގެ ވައުޗަރެއް ލިބޭ ޕްރޮމޯޝަނެއް ފިތުރު އީދާ ދިމާކޮށް މޫލީ މެދުވެރިކޮށް ފަށައިފިއެވެ.

އުރީދޫން ބުނީ، މިއީ ފިތުރު އީދާ ގުޅިގެން އެ ކުންފުނީގެ އީ-ކޮމާސް ޕްލެޓްފޯމް 'މޫލީ' މެދުވެރިކޮށް ފެށި ޕްރޮމޯޝަނެއް ކަމަށާއި، މި ޕްރޮމޯޝަނުގެ ދަށުން 1،000 ރުފިޔާގެ ކޮންމެ ވިޔަފާރިއަކަށް 100 ރުފިޔާގެ ވައުޗަރެއް ލިބޭނެ ކަމަށެވެ.

އެ ވައުޗަރު ބޭނުންކުރުމުން، މޫލީ މެދުވެރިކޮށް ކުރާ ވިޔަފާރިތަކުން 100 ރުފިޔާ ކެނޑިގެން ދާނެ ކަމަށް ވެސް އުރީދޫން ބުންޏެވެ.

މި ޕްރޮމޯޝަން ކުރިއަށް ދާނީ މި މަހުގެ ނިޔަލަށެވެ.

އުރީދޫން މޫލީ ތައާރަފްކުރީ މީގެ ފަސް އަހަރުކުރިން ފެބްރުއަރީ 28، 2019 ގައެވެ. މޫލީ މެދުވެރިކޮށް ގަންނަ ތަކެތި ހުރިހާ ރަށަކަށް ވެސް ހިލޭ ފޮނުވައިދެވޭނެ ކަމަށް އުރީދޫން ބުނެއެވެ.

މޫލީ މެދުވެރިކޮށް ގަންނަން ލިބޭ ތަކެތީގެ ތެރޭގައި ކާބޯތަކެއްޗާއި، ޓެކްނޮލޮޖީގެ ސާމާނާއި ގެއަށް ގަންނަން ބޭނުންވާ ތަކެއްޗާއި ރާއްޖޭގައި ތައްޔާރުކުރެވޭ ބައެއް ބްރޭންޑުތައް ހިމެނެއެވެ.