ޑިރެކްޓަރު ޖެނެރަލް އޮފް ޒަކާތު ހައުސްގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމަށް އައްޝައިހް އިއްޒައްދީން އައްޔަން ކުރައްވައިފިއެވެ.

ރޭ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައި ޝައިހް އިއްޒައްދީން އަށް މަގާމުގެ ލިޔުން ހަވާލުކޮށް ދެއްވީ މިނިސްޓަރު މުހައްމަދު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.

ޝައިހް އިއްޒުއްދީން މަތީތައުލީމް ހާސިލްކުރެއްވީ ޕާކިސްތާނުގެ އިސްލާމީ އާބާދުގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީއިންނެވެ. އަދި މިހާރު ދަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގައި ޕީއެޗްޑީ ހާސިލްކުރައްވަމުންނެވެ. ޝައިހް އިއްޒައްދީން ވަނީ 2016 ވަނަ އަހަރު މާސްޓާ އޮފް ޝަރީއާ ކޯސް ފުރިހަމަ ކުރައްވާ ބުކް ޕްރައިޒްވެސް ހާސިލްކުރައްވައިފައެވެ.

ޝައިހް އިއްޒައްދީނަކީ 2008 ވަނަ އަހަރުން ފެށިގެން އެ މިނިސްޓްރީ އެކިއެކި މަގާމްތައް ފުރައްވަމުން އަންނަ ބޭފުޅެކެވެ. އެންމެ ފަހުން ފުރުއްވާފައި ވަނީ މުސާއިދު ވާއިޒުގެ މަގާމެވެ.

ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނު އަސާސީގެ 116 ވަނަ މާއްދާއިން ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު 'ދިވެހިރާއްޖޭގެ ޒަކާތު ހައުސް' އުފެއްދެވީ 18 ޑިސެމްބަރ 2023ގައެވެ. އަދި މި އަހަރު ޖެނުއަރީ 2 ވަނަ ދުވަހު އެމަނިކުފާނު ވަނީ 'ދިވެހިރާއްޖޭގެ ޒަކާތު ހައުސް' އިފްތިތާހް ކޮށްދެއްވާފައެވެ.

ރެކްޓަރު ޖެނެރަލް އޮފް ޒަކާތުގެ މަގާމަށް މީހަކު ހޯދަން އިސްލާމިކް މިނިސްޓްރީން ފެބްރުއަރީ މަހު އިއުލާންކޮށްފައިވާއިރު އެ އިއުލާނުގައިވަނީ އެ މަގާމަށް މީހަކު ހޯދަނީ 1 އަހަރާ 11 މަސްދުވަހުގެ މުއްދަތަށް ކޮންޓްރެކްޓު އުސޫލުން ކަމަށެވެ. އަދި އެ މުއްދަތު ހަމަވުމުން މަސައްކަތުގެ ފެންވަރު ބަލައި ރަނގަޅު ނަމަ ވަޒީފާ ދާއިމީ ކުރެވިދާނެކަމަށް ވަނީ ބުނެފައެވެ.