އާބާދީގެ ގޮތުން އެންމެ ބޮޑު ވާތީ، ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީގެ ލަގަބު އޮންނަ އިންޑިއާގައި ދިމިގްރާތީ ހަމަތައް ދަށަށް ދާ ކަަމަށް ބައިނަލްއަގުވާމީ ރޭޓިން އެޖެންސީތަކުން ބުނާތީ ކަމުނުގޮސްގެން އަމިއްލައަށް ރޭންކު ކުރަން ނިންމައިފިއެވެ.
ކުރިއަށް އޮތް އިންޑިއާގެ އާންމު އިންތިހާބާ ދިމާކޮށް ދުނިޔޭގެ އެކިއެކި އިދާރާތަކުން، ނެރެފައި ވާ ރިޕޯޓުތަކުގައި ބުނެފައި ވަނީ އިންޑިއާ އަކީ މިހާރު ފުރިހަމަ ޑިމޮކްރަސީއެއް ނޫން ކަމަށާއި ބައި ޑިމޮކްރަސީއެއް ކަމަށެވެ. އެގޮތުން އެމެރިކާގެ ފްރީޑަމް ހައުސް އިން ނެރުނު ރިޕޯޓުގައި އިންސާނީ ހައްގުތަކާ ގުޅޭ ފިނަ މައްސަލަތައް ފެންމަތިކޮށްފައި ވާ އިރު، އިންޑިއާ ތެރޭގައި އެކިއެކި ދަރިކޮޅުތަކުގެ މެދުގައި އޮންނަ ތަފާތު ކުރުންތަކުގެ ވާހަކަތައް ހިމަނާ ދަރަޖަ ކޮށްފައި ވަނީ އެއީ މިހާރު ފުރިހަމަ ޑިމޮކްރަސީއެއް ނޫން ކަމަށެވެ.
ސްވިޑަންގެ ވީ ޑެމް އިންސްޓިޓިއުޓުގެ ރިޕޯޓިގައި ބުނީ، އިންޑިއާއަކީ އޮޓޯކްރެޓިކް ގައުމެއް ކަމަށެވެ. ދަ އިކޮނޮމިކް އިންޓެލިޖަންސް ޔުޓިނުން އިންޑިއާ ރޭންކް ކޮށްފައި ވަނީ 53 ވަނައިގައެވެ.
އިންޑިއާގެ މިހާރުގެ ސަރުކާރުން ގަބޫލު ކުރާގޮތުގައި ބައިނަލްއަގުވާމީ އެކިއެކި ފަރާތްތަކުން ހަދާ ދަރަޖަ ތަކަކީ އެމީހުން އަމިއްލައަށް ހަދާ އަސްލާ ފުށޫއަރާ ދަރަޖަތަކެކެވެ. އަދި އެގޮތަށް ދަރަޖަ ކުރަމުން، ދަށް ކުރަމުން ގެންދިޔުމުން އިންޑިއާގެ އަގު ވެއްޓޭ ކަމަށެވެ.
އެހެން ކަމުން މިހާރު ނިންމާފައި ވަނީ އިންޑިއާގެ ތިންކް ޓޭންކް އެއް ލައްވައި އިންޑިއާ އަށް ހާއްސަ އިންޑިއާ ގަބޫލުކުރާ ދަރަޖަތަކެއް ކަނޑައަޅާ އާންމު ކުރާށެވެ.
އެގޮތުން އޮބްޒާވާ ރިސާޗް ފައުންޑޭޝަން (އޯއާރުއެފް) ކިޔާ ޖަމާއަތަކާ މަސައްކަތް ހަވާލު ކޮށްފައި ވާ ކަމަށް ބައެއް ބަސްދަރުތަކާ ހަވާލާދި އަލްޖަޒީރާގައި ރިޕޯޓު ކޮށްފައި ވެއެވެ. އެ ނޫހުގައި ބުނާގޮތުން ސަރުކާރުގެ ޕަބްލިކް ޕޮލިސީ ތިންކް ޓޭންކް އެންއައިޓީން ވަނީ ކަމާގުޅުން ހުރި ބައްދަލުވުންތައް ބާއްވައި އޯއާރުއެފް އިން ތައްޔާރު ކުރާ މިންގަޑުތައް ދެތިން ހަފްތާގެ ތެރޭގައި އިއުލާން ކުރާނެ ކަމަށް ބުނެފައެވެ.
ތިޔަ މިންގަނޑަށް ކިޔަންވާނީ އޮޓޮކްރެޑިޓް މިންގަނޑު. ކުރުކޮށް ކިޔާނީ އޮޓޯ މިންގަނޑު. މިންގަނޑު ބަލައި ދަރަޖަކުރާނީ އޮޓޯ ޑްރައިވަރުން.