ބިންވެރިޔާ ސްކީމުން ގިރާވަރުފަޅުން ގޯތި ލިބުނު އާންމުންނަށް އެކު ލޭންޑް ޔޫސް ޕްލޭނާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް މި މަހު 27 ގައި ބައްދަލުވުމެއް ބާއްވަން ސަރުކާރުން ނިންމައިފިއެވެ.

ހައުސިން މިނިސްޓްރީން އާންމު ކުރި އިއުލާނެއްގައި ބުނީ، މާލެ ސަރަހައްދަށް އަމާޒުކޮށް ސަރުކާރުން ކުރިއަށް ގެންގޮސްފައިވާ ބިންވެރިޔާ ސްކީމްގެ ދަށުން، ގިރާވަރުފަޅުން ގޯތި ލިބިފައިވާ ފަރާތްތަކާއެކު، ތައްޔާރު ކޮށްފައިވާ ލޭންޑް ޔޫސް ޕްލޭނާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ބައްދަލުވުމެއް ބާއްވަނެ ކަމަށެވެ.

އެ މިނިސްޓްރީގެ ފަރާތުން ބާއްވާ މި ބައްދަލުވުން އޮންނާނީ 27 މާޗްގައި ކަމަށާއި ނަމަވެސް މި ބައްދަލުވުން ބާއްވާ ތަނާއި ގަޑި ފަހުން އިއުލާނު ކުރާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.

މި ބައްދަލުވުމުގައި ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ގޯތި ލިބިފައިވާ ފަރާތްތައް ބައިވެރިވުމަށް އެ މިނިސްޓްރީން ވަނީ އެދިފައެވެ. މި ބައްދަލަވުމުގައި ބައިވެރިވާން ބޭނުންވާ އަދި ހިޔާލު ހުށަހަޅަން ބޭނުންވާ ގިރާވަރުފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުން މި ލިންކ މެދުވެރިކޮށް ކުރިއަށް ގެންދިއުމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.

އަދި ގިރާވަރުފަޅަށް ތައްޔާރުކޮށްފައިވާ ލޭންޑް ޔޫސް ޕްލޭންގެ ޑްރާފްޓް އެ މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިއުކޮށްފައި ވާނެ ކަަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.