ޗައިނާއިން ސްޕޮންސާ ކޮށްގެން ޕާކިސްތާނުން އދ ގެ އާންމު މަޖިލީހަށް ހުށަހެޅި އިސްލާމޮފޯބިއާ [މުސްލިމުންނާ މެދު ނަފްރަތު އުފައްދާ ބިރާއި ސާބިތު ނިހިފޭ ވާހަކަ ދެއްކުން] މަނާ ކުރާ ބިލަށް އިންޑިއާއިން ވޯޓެއް ނުދިނެވެ.
193 މެންބަރުން ތިބެ ޖެނެރަލް އެސެމްބްލީގެ 115 މެންބަރުން ބިލް ފާސްކުރަން ވޮޓު ދިން އިރު ވަކިކޮޅަކަށް ވޯޓުދޭން ބޭނުންނުވާ 44 މެންބަރުން ތިއްބެއެވެ. އެއްވެސް މެންބަރަކު ދެކޮޅަށް ވޯޓު ދީފައި ނުވާ މިބިލުގައި އިންޑިއާ ހިމެނުނީ ވަކިކޮޅަކަށް ވޯޓުދޭން ބޭނުން ނުވި ލިސްޓުގައެވެ. އެ ލިސްޓުގައި ބްރެޒީލް، ފްރާންސް، ޖަރުމަން، އިޓަލީ ޔުކްރައިން ފަދަ ގައުމުތައްވެސް ހިމެނެއެވެ.
ބިލް ފާސްކުރަން ވޯޓު ނުދިން ސަބަބެއް ކަމަށް އިންޑިއާއިން ބުނެފައި ވަނީ މުސްލިމް ނޫނަސް އެހެން ދީންތަކުގެ މީހުންނާ މެދުވެސް ނަފްރަތު އުފެއްދުމުގެ ހަރަކާތްތައް ހިނގާ ކަމަށާއި ހިންދޫންނާއި ބުޑިސްޓުންނާއި ސިކުންނާ މެދު ނަފްރަތު އުފެއްދުންވެސް ވަކި ކުޑަނޫން ކަމަށެވެ.
މުސްލިމުންނާ ދެކޮޅަށް ނަފްރަތު އުފެއްދުމަށް ހުޅަނގާއި އިންޑިއާ އަދި ދުނިޔޭގެ އެހެން ބައެއް ބައްރުތަކުގައި ރޭވިގެން ހިންގާ ހާއްސަ ބައެއް ހަރަކާތްތައް ހުންނަ އިރު އިންޑިއާ ގައި މުސްލިމުންނާ ދެކޮޅަށް ނަފްރަތު އުފެއްދުމުގެ ހަރަކާތްތައް މިފަހުން ވަނީ ގިނަވެފައެވެ. މުސްލިމުން އަޅުކަމަށް ދާ މިސްކިތްތައް ތަޅާ ލުމާއި ގެއްލުން ދިނުމާއި މުސްލިމުންގެ މުދަލާއި ވިޔަފާރިތަކަށް ގެއްލުން ދިނުމުގެ އިތުރުން ސީދާ މުސްލިމުންނަށް ޖިސްމާނީ އަނިޔާ ދިނުންވެސް ވަނީ އިތުރު ވެފައެވެ.
އދ އަށް އިންޑިއާއިން ކަނޑައަޅާފައި އިންނަވާ ދާއިމީ މަންދޫބު ރުޗިރާ ކަމްބޯޖު ވިދާޅުވީ، އިސްލާމް ދީން ނޫން ދީންތަކަށް އުޅޭ ފަރާތްތަކަށް ފުރައްސާރަ އާއި ގޯނާ ކުރިމަތިވަމުން އަންނަތާ ދަހަރު [ޑިކޭޑް] ތަކެއް ވެއްޖެ ކަމަށެވެ. ހާއްސަ ކޮށް ހިންދޫންނާއި ބުޑިސްޓުންނާއި ސިކުންގެ ނަން އޭނާ ފާހަގަ ކުރެއްވިއެވެ. އޭނާ ވިދާޅުވީ އެ ފުރައްސާރަ ކުރިމަތިވަނީ ކޮންމެހެން އިންޑިއާގައި ނޫން ކަމަށާއި ދުނިޔޭގެ އެތަން މިތާނގައި ދިރިއުޅޭ ހިންދޫންނާއި ބުޑިސްޓުންނާއި ސިކުންނަށް އެފަދަ ފުރައްސާރައާ ކުރިމަތިވާ ކަމަށެވެ.
މުސްލިމުންގެ އަހުލާގައި ހުލްގު ހެޔޮކަމާއި ސުލްހަ މަސަލަަސް ކަމަށް ލޯބި ކުރުމަކީ އުއްމަތުގެ ނަބިއްޔާގެ ފަރާތްޕުޅުން ދަސްވެ އުނެގިފައިވާ ރީތި ސިފަތަކަކަށް ވުމުން ޣައިރު މުސްލިމުން ހަސަދަވެރިވެއެވެ.
ރަސޫލާ ދެކެ ޣައިރު މުސްލިމުން އަންނަ ރުޅި، މުސްލިމް ޖަމާއަތްތަކަށް އަމާޒު ކުރަނީ މުސްލިމުން ނިކަމެތި ކުރުމާއި ފުރައްސާރަ އާއި ބިރުވެރިކަން އުފެއްދުމާއި ޓެރަރިސްޓުންގެ ލަގަބު އަޅަވަމުންނެވެ.
އިންޑިއާގެ އިތުރުން ޔޫރަޕްގައި މުސްލިމުންނާ މެދު ނަފްރަތު އުފައްދަން ކީރިތި ޤުރުއާން އެންދުމާއި އެ ކަލާމްފުޅަށް ކޮޅަށް އެރުން ފަދަ އިހުރިތާމް ކުޑަކުރުމުގެ ކިތަންމެ ކަމެއް ކުރެއެވެ.
އިންޑިޔާއެއްނު ނުދޭނެ އެއީ މުސްލިމުންނަށް އިހާނެތިކޮންހަދާ އެމީހިނަށް ނަފުރަތުކުރާބައެއް