އިންޑިއާގެ ގުރުގުރާމްގެ ހޮޓަލަކުން ކެއުމަށް ފަހު އަނގަ މީރު ކުރަން ކޭ އެއްޗެއްގެ ސަބަބުން އަނގައިން ދިލަ ނަގާ ލޭ އައި މައްސަލައިގައި އެ ހޮޓަލުގެ މެނޭޖަރު ހައްރު ކޮށްފިއެވެ.
ދިވެހި ހޮޓާތަކާ ހިލާފަށް އިންޑިއާ ހިސާބުގައި ކެފޭ ރެސްޓޯރަންޓުތަކުގައި ދުފުމުގެ ބަދަލުގައި އާންމު ކޮށް ހުންނަނީ ފޮނިކޮށްފައި ހުންނަ ދިރިއެވެ. އަދި އެބާވަތުގެ އަނގަމީރު ކޮށްލާ އެހެނިހެން ތަކެތިވެސް ހުރެއެވެ. އިންޑިއާ އަށް ގޮސް އުޅޭ ދިވެހިންވެސް ފޯއްކޮޅެއް ނުލިބިގެން ނުވަތަ ނެތިގެން އަނގަ މީރުކޮށްލަން އެބާވަތުގެ އެއްޗެހި ކައި ހަފާ ހަދައެވެ.
ގުރުގުރާމްގައި ހިނގި މިހާދިސާގައި އަނގައިން ލޭ އައި 5 މީހުންގެ ބައެއް މީހުން ހާލު ދެރަވެ ހޮސްޕިޓަލުގައި އެޑްމިޓް ކުރަން ޖެހުނު އިރު އެންމެންގެ އަނގައިންވެސް ވަނީ ލޭ އައިސްފައެވެ.
އެހާދިސާގެ މަންޒަރުތައް އިންޑިއާގެ މީޑިއާތަކުގައި އާންމު ކޮށްފައި ވާ އިރު ބައެއް މީހުން އަނގައަށް ފިނިކުރަން ދޫ ބޭރަށް ނެރެ ނޭވާލަމުން ދިޔަ މަންޒަރާއި އަނގަ ދޮންނަމުން ދިޔަ މަންޒަރު ފެނެއެވެ. އޭރު އެންމެންގެ އަނގަވެސް ހުރީ ރަތް ކުލައިގައި ކަމަށް ވާއިރު ކުޅާއެކު ލޭ އަންނަތަން ފެނެއެވެ.
މިހާދިސާ އާ ގުޅިގެން ފުލުހުން ބުނީ, އަނގަ މީރު ކުރަން ބަހައްޓާފައި ހުރި ޕެކެޓްތަކުގައި ހުރީ ޑްރައި އައިސް އަޅާފައި ކަމަށާއި ޑްރައި އައިސް އަކީ އެއްޗެހި ފިނިކޮށް ބެހެއްޓުމަށްޓަކައި ބޭނުންކުރާ ކާބަންޑައި އޮކްސައިޑް ގެ ވައްތަރެކެވެ.
އަނގަމީރުކުރަންއެއްޗެއްކޭމަ މައްސަލައަކީ ކިތަންމެމީހުންގިނަޔަސް ދެމީހުން ދެމީހުން އެކަހެރިފަރާތަކައްނުޖެހި ތިބިތާތިބެ އަނގަޔާ ދަތްދޮޅިޔާ ކަރުދޮއް ބޯލިނަމަރަނގަޅުވީސް