މާލޭ، މަޖީދީ މަގާއި ސޯސަންމަގު ގުޅޭ ހަތަރު އަނގޮޅި ކަންމައްޗާ ކައިރީގައި ހުރި އިމާރާތެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު އިން އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ، ހ. ސަންގުރޭޒްގެ ފުރަތަމަ ފަންގިފިލާގައެވެ.

އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ފަޔާ ފައިޓަރުންގެ މަސައްކަތުން، 18:23 ހާއިރު އަލިފާން ކޮންޓްރޯލްކުރެވިފައި ވާ ކަމަށާއި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ވާކަމުގެ މަޢުލޫމާތެއް ލިބިފައި ނުވާ ކަމަށް ވަނީ ބުނެފައެވެ.

މަންޒަރުތައް ފެންނަ ގޮތުން އެ އިމާރާތުގައި ވަރަށް ބޮޑަށް ރޯވެފައި ވާއިރު އެ ސަރަހައްދުގައި ދުމުގެ އަސަރު ވަނީ ވަރަށް ބޮޑަށް ފެތުރިފައެވެ.

މި އަލިފާންގަނޑު ކޮންޓްރޯލްކުރުމަށް އެމްއެންޑީއެފް އިން ހަރަކާތްތެރިވަމުން އަންނައިރި، މައުލޫމާތު ލިބިފައިވާ ގޮތުން މިހާރު އަލިފާންގަނޑު ވަނީ ކޮންޓްރޯލް ކުރެވިފައެވެ.