ދިވެހިން ގިނަ އަދަދަކަށް ގޮސް އުޅޭ ބެންގަލޫރުގައި ހުންނަ ރާމޭޝްވަރަމް ކެފޭ ތެރޭގައި ބޮމެއް ގޮއްވާލައިފިއެވެ.

މިހާދިސާ ގައި 8 މީހަކު ޒަހަމްވި އިރު, އެމީހުންގެ ތަފްސީލެއް އަދި ހާދިސާ ހިނގި ވަގުތު ކެފޭ ތެރޭގައި އިންޑިއާ ނޫން އެހެން ގައުމެއްގެ ބަޔަކު ތިބިކަމުގެ މައުލޫމާތެއް އަދި ނުލިބެއެވެ. މި ކެފޭއަކީ ބެންގަލޫރަށް ގޮސް އުޅޭ ޓޫރިސްޓުން ވަދެ އުޅޭ ކެފޭއެކެވެ.

މިހާދިސާ ހިނގި ބެންގަލޫރު ހިމެނޭ ކަރްނާޓަކާގެ ޗީފް މިނިސްޓަރު ސިއްދާރާމައިއާ ވިދާޅުވީ, ހާދިސާ ހިނގީ އެންމެ މީހުން ގިނަ ގަޑީގައި ކަމަށާއި ބެލެވޭގޮތުން އެއީ މޮބައިލް ފޯނެއް ފަދަ އެއްޗެއް ބޭނުން ކޮށްގެން ގޮއްވާލާފައި ވާ ބޮމެކެވެ.

އިންޑިއާގެ އެންމެ މަޝްހޫރު ޓެކްނޮލޮޖީ ކޮމްޕެނީތަކުގެ ގިނަ އިދާރާތަށް ބެއްގަލޫރުގައި ހުންނަ އިރު, އެ ސިޓީ މަޝްހޫރުވެފައި ވެސް އޮންނަނީ ޓެކް ސިޓީއެއްގެ ގޮތުގައެވެ.

ދިވެހިންގެ ތެރޭގައި ބެންގަލޫރު މަޝްހޫރީ, ބޭހަށާއި ވިޔަފާރިއަށެވެ.

ފުލުހުން ބުނީ, މި އަމަލު ހިންގީ ފިނޑިއެއް ކަމަށާއި އެއީ ކޮންމެ މީހެއް ނަމަވެސް ހޯދާނެ ކަމަށެވެ.

ފުލުހުން އިތުރަށް ބުނީ, ބޮން އޮތް ދަބަސް ބާއްވާފައި އޮތީ އެ ކެފޭގެ ކަސްޓަމަރުން ކައި ނިންމާ އަތް ދޮންނަން ދާ ސަރަހައްދުގައި ކަމަށެވެ.

މިހާދިސާގައި ޒަހަމްވި އެންމެނަށް މިހާރު ދަނީ ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުންނެވެ.