ޗައިނާގެ އެންމެ ބޮޑު އެއް އެއާލައިން ކަމަށްވާ ޗައިނާ އީސްޓަން އެއާލައިންގެ ދަތުރުތައް، ރާއްޖެއަށް އަލުން ފަށައިފިއެވެ.

ޗައިނާ އީސްޓަން އެއާލައިންގެ ފުރަތަމަ ފްލައިޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާފައިވަނީ ރޭގެ ވަގުތެއްގައެވެ. މި ފްލައިޓު ވީއައިއޭ އަށް ޖެއްސުމުން ވޯޓާ ސެލިއުޓެއް ދީފައިވާއިރު، މި ފްލައިޓަށް މަރުހަބާ ދެންނެވީ ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލްއެވެ.

ޗައިނާ އީސްޓަން އެއާލައިން ރާއްޖެއަށް ކަނެކްޓް ކުރަނީ އެ ގައުމުގެ ކުންމިން ސިޓީއިންނެވެ. މި އެއާލައިނަކީ ދުނިޔޭގެ 220 ގައުމަކާ ކަނެކްޓިވިޓީ އޮންނަ އެއާލަނެކެވެ. މިހާރުވެސް ރާއްޖެ އާއި ޗައިނާއާ ދެމެދު ޖުމްލަ 5 އެއާލައިނަކުން ދަތުރުކުރަމުން އަންނައިރު މި އެއާލައިނަކީ ދުނިޔޭގެ 220 ގައުމަކާ ކަނެކްޓިވިޓީ އޮންނަ އެއާލައިނެކެވެ.

ކޮވިޑް19 އާއި ގުޅިގެން އީސްޓަން އެއާލައިނުން ރާއްޖެއަށް ކުރަމުން އައި ދަތުރުތައް މެދުކަނޑާލުމަށް އަލުން، ދަތުރުތައް ފެށިގެން ދިޔައިރު، ރާއްޖޭގައި ޗައިނާ މާކެޓް އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ. މިގޮތުން ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާ އިން 51,984 ޓޫރިސްޓުންވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ.