އުރީދޫއިން ދޯހާ މެރެތަންއަށް ފޮނުވި ދުވުންތެރިން ރޭސް ނިންމުމަށްފަހު ރާއްޖެ އަތުވެއްޖެއެވެ.

އުރީދޫއިން ބުނީ ފެބުރުއަރީ 16 ވަނަ ދުވަހު ގަތަރުގެ ދޯހާގައި ކުރިއަށްދިޔަ ދޯހާ މެރެތަންގައި އުރީދޫއިން ފޮނުވި ދުވުންތެރިން ދުވުމަށްފަހު އެނބުރި ރާއްޖެ އަށް އައިސްފައިވާ ކަމަށެވެ.

އުރީދޫގެ މި ލަކީ ޑްރޯގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ފެބްރުއަރީ 4 ފެށިގެން 10 ފެބުރުއަރީގެ ނިޔަލަށެވެ. ފެބުރުއަރީ 16 ގައި ގަތަރުގައި އޮންނަ މި މެރަތަންގައި ބައިވެރިވުމަށް ނަސީބުވެރި 2 ފަރާތް ހޮވާފައިވަނީ ފެބްރުއަރީ 11 ގައެވެ.

އުރީދޫއިން ބުނި ގޮތުގައި މި ފުރުސަތަކީ އުރީދޫގެ ކަސްޓަމަރުންނަށް ހުޅުވާލެވިފައިވާ ފުރުސަތެއްކަމަށާއި މިފުރުސަތުގެ ސަބަބުން ދުޅަހެޔޮ ބަޔަކަށް ވުމަށް މަގު ފަހިވެގެންދާނެކަމަށެވެ.

އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރުންނަށް ހާއްސަކޮށް ހުޅުވާލި ދޯހާ މެރެތަންގައި ދުވުމުގެ 2 ފުރުސަތު ލިބުން ނަސީބުވެރި ފަރާތަކީ އަފީފް އަބްދުލް ސަމަދު އަދި މުހައްމަދު އަހުމަދެވެ. އަދި އުރީދޫ މޯލްޑިވްސް ގެ ސްޓާފުންގެ ލަކީޑްރޯއިން ހޮވުނީ ހުސައިން މާޒިން މުހައްމަދެވެ.

އުރީދޫއިން ބުނި ގޮތުގައި މި ތިން ބައިވެރިންވެސް ދުވެފައިވަނީ ހާފް މެރެތަންއެވެ. އަދި މި އަހަރުގެ މި މެރެތަންގައި 15000 އަށް ވުރެ ގިނަ ދުވުންތެރިން ބައިވެރިވެފައިވާއިރު މި މެރެތަން އަކީ ވޯލްޑް އެތްލެޓިކްސް ގޯލްޑް ލޭބަލް ލިބިފައިވާ މެރެތަންއެކެވެ.

ދޯހާ މެރެތަން އަކީ 2013 ވަނަ އަހަރުން ފެށިގެން ގަތަރުގެ ދޯހާއިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ރޯޑް ބޭސްޑް މެރެތަން އެކެވެ.