ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހިގެން ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހިގެން ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި 4 މީހަކަށް އަނިޔާވެފައިވާކަމަށެވެ. އަދ އެ ސަރަހައްދުގައި މި ވަގުތު ފުލުހުން ހަރަކާތްތެރިވަމުން އަންނަކަމަށް އެ އިދާރާއިން ބުނެފައިވާއިރު މި އެކްސިޑެންޓާއި ގުޅޭ އިތުރު އެއްވެސް ތަފްސީލެއް އަދި ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ހުޅުމާލޭގައި ހިނގި މި އެކްސިޑެންޓުގެ ވީޑިއޯ އެއް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު އެ ވީޑިއޯ އިން ފެންނަ ގޮތުން މި އެކްސިޑެންޓެއްގައި އަންހެނެއްގެ ފަޔަށް ވަރަށް ބޮޑަށް އަނިޔާވެފައިވާއިރު މި އެކްސިޑެންޓުގައި އަނިޔާވި ފިރިހެން މީހާގެ ގައިން ވަރަށް ބޮޑަށް ލޭ އައިސްފައިވާ މަންޒަރު ފެނެއެވެ، އަދި އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ މީހުން އޭނާ ހޮސްޕިޓަލަށް ގެންދިއުމަށް ސްޓްރެޗާއަށް އެރުވުމުގެ މަސައްކަތް ކުރަމުން ދިޔަ މަންޒަރުވެސް ފެނެއެވެ.
ފަހަކަށް އައިސް ހުޅުމާލޭގައި އެކްސިޑެންޓްވާ ނިސްބަތް ވަރަށް ބޮޑަށް އިތުރުވެފައިވާއިރު މިދިޔަ އަހަރު ފަހުކޮޅުވެސް މިފަދަ އެކްސިޑެންޓެއްގައި އަނިޔާވި މީހަކު ވަނީ މަރުވެފައެވެ.
الله ތައާލާ އިންސާނާއުފެއްދެވީ ބިމުގެ މަށިން އެބިންމަތީ އުޅުމުގައިޔާއި ދުއްވުމުގައި ވެސްތިމާގެ ކިބައިގާ އިޚުލާސް ތެރިކަމަ ކާއި ތިމާނެތުމުގެ ތެރެއިން އުފެއްދެވިފަރާތެށްވާކަން ހަދުމަކުރުމުން ޣާފިލުނުވިއުމަށް ނަސޭހަތް ތެރިވަން