މެޑިކަލް އެމަޖެެންސީގައި ޕާސްޕޯޓަށް އެދޭ ފަރާތްތަކުގެ އިތުރުން 65 އަހަރުން މަތީގެ ފަރާތްތަކަށް އިމިގްރޭޝަނަށް ހާޒިރުވެ ޕާސްޕޯޓަށް އެދި ހުށަހެޅޭނެ އިމްތިޒާމު ހަމަޖައްސައިފިއެވެ.
އިމިގްރޭޝަނުން ބުނީ މިއަދުން ފެށިގެން މެޑިކަލް އެމަޖެންސީގައި ޕާސްޕޯޓަށް އެދޭ ފަރާތްތަކަށް ކޮންމެ ވަގުތަކު، ހިނދުން ހިނދަށް އެ ހިދުމަތް މިހާރު ލިބިގެންދާނެ ކަމަށެވެ. އަދި ޕާސްޕޯޓު ހެދުމަށް ބޭނުންވާ ފޮޓޯ ނެގުމުގެ އިންތިޒާމު ވެސް އިމިގްރޭޝަނުން ވަނީ ފަހި ކޮށްދީފައެވެ.
އަދި އުމުރުން 65 އަހަރުން މަތީ ފަރާތްތަކަށް ވެސް ހެނދުނު 8:30 އިން ހަވީރު 5:00 އަށް މި ހިދުމަތް ލިބޭނެ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.
އިމިގްރޭޝަންގެ ކޮންޓްރޯލާ މުހައްމަދު ޝަމްއާން ވަހީދު ވަނީ މީގެކުރިން އުމުރުން ދުވަސްވީ އަދި އެހެންވެސް މީހުންނަށް އޮންލައިންކޮށް ފޯމު ހުށަހެޅުމަށް ދަތިވާ ހާލަތްތަކުގައި، ޕާސްޕޯޓަށް އެދެވޭނެ އެހެން މަގެއް ފަހިކޮށްދޭނެކަމަށް ވިދާޅުވެފައެވެ.
ދާދިފަހުން ވަނީ ރާއްޖޭގެ ހުރިހާ ސިޓީ ތަކަކުން ޕާސްޕޯޓް އަވަހަށް ލިބޭނެ އިންތިޒާމުތައް ވެސް އިމިގްރޭޝަނުން ހަމަޖައްސާފައެވެ. އެގޮތުން އިމިގްރޭޝަންގެ ރީޖަނަލް އޮފީސްތައް ހުންނަ ހދ. ކުޅުދުއްފުއްޓާއި ގދ. ތިނަދު އާއި ފުވައްމުލަކުގެ އިތުރުން އައްޑޫ އިން ޕާސްޕޯޓް ދޫކުރުން މިހާރު ދެގުނަ އަވަސްވާނެ ކަމަށް ބުނެއެވެ.
އަދި ވެރިފަރާތަށް ޕާސްޕޯޓް ދޫ ކުރާނަމަ އައިޑީކާޑާ ނުލާ ދޫ ކުރާ ގޮތަށް ހަމަޖެއްސުމުގެ އިތުރުން އިމިގްރޭޝަނުން ވަނީ ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށް "ޓްރެވެލާ ޑެކްލެރޭޝަން" ފޯމު ނުވަތަ އިމުގަ ފޯމު ފުރަން ނުޖެހޭ ގޮތަށް ވެސް ހަމަޖައްސާފައެވެ.