ރޯދަ މަހަށް ހާއްސަކޮއް އެސްޓިއޯއިން ކޮންމެ އަހަރަކުވެސް ބައްވާ "ރަމަޒާން ބާޒާރު" ޕްރޮމޯޝަން މިރޭ ފަށައިފިއެވެ.

އެސްޓީއޯ ރަމަޒާން ބަޒާރަކީ ވިޔަފާރި ކުރާ ފަރާތްތަކުގެ ތެރޭގައި އެންމެ މަގްބޫލް އެއް ސޭލްއެވެ.

އެސްތީއޯ އިން ބުނީ، އެހެން އަހަރު ތަކެކޭވެސް އެއްގޮތަށް މި އަހަރުގެ ރަމަޒާން ބަޒާރުގައި ވެސް ހިތްގައިމު ގިނަ ޑިސްކައުންޓް ތަކެއް އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި އެސްޓީއޯ ރީޖަނަލް ފިހާރަތަކުން ލިބޭނެ ކަމަށެވެ. މި ޕްރޮމޯޝަން ތެރޭގައި އެސްޓީއޯ ރީޖަނަލް ފިހާރަތަކާއި ޕީޕަލްސް ޗޮއިސްގެ އިން ކުރާ ކޮންމެ 1000 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި މި ޕްރޮމޯޝަންގައި ބޭނުން ކުރާނީ ތިމާވެއްޓާ ރައްޓެހި ޑިޖިޓަލް ކޫޕަނެއް ކަމަށް ވެސް އެސްޓީއޯ އިން ބުނެއެވެ.

މިއަދުން ފެށިގެން އަންނަ އޭޕްރިލް މަހުގެ 11 އާ ހަމައަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި ހުރިހާ އައުޓްލެޓް ތަކެއް އެއްކޮށް ތިން ބަޔަކަށް ބަހައިލައިގެން ވަރަށް އަގުހުރި އިނާމުތަކެއް ލިބިގެން ދާނެ ކަމަށް އެސްޓީއޯ އިން ބުނެއެވެ. 25 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބިގެން ދާ އިރު، ރޯދަ މަހުގެ ކުރިން ތިން ނަސީބުވެރި ފަރާތެއް ހޮވުމަށް ވެސް ވަނީ ހަމަޖެހިފައި ކަމަށް އެ ކުންފުިން ބުނެއެވެ.

އެގޮތުން އެއް ވަނައަށް ހޮވޭ ފަރާތަކަށް 75000 ރުފިޔާގެ އަގުހުރި ބަދިގެ ސެޓެއް ލިބިގެން ދާއިރު، ދެވަނަ ފަރާތަކަށް ހޯމްއެޕިލިއެންސް ޕެކޭޖެއް، އަދި ތިންވަން ފަރާތަކަށް ތިންރޫމް އެޕަޓްމެންޓުގައި ނިޕޯޕެއިންޓުގެ ކުލަ އަދި ކުލަ ލާދިނުން. ހިމެނެއެވެ.

ހަމައެއާއެކު ރޯދަމަހު ކޮންމެ ހަފުތާއަކު ނަސީބުވެރި ފަރާތެއް ހޮވާ 2500 ރުފިޔާގެ ގިފްޓް ވައުޗާއެއް ދޭނެ ކަމަށް އެސްޓީއޯ އިން ބުނެއެވެ. އަދި މުޅި ޕްރޮމޯޝަން ނިމުމުން ތިން ނަސީބުވެރި ފަރާތެއް ހޮވައި އިންމާު ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އެގޮތުން އެއްވަނަ އިނާމަށް ދެމީހަކަށް ޓާކީ ދެކޮޅު ޓިކެޓް ދޭން ނިންމާފައިވާ އިރު، ދެވަނަ ނަސީބުވެރި ފަރާތަކަށް ހޯމްއެޕިލިއެންސް ޕެކޭޖެއް ދޭނެ ކަމަށް އެސްޓީއޯ އިން ބުނެއެވެ. އަދި ތިންވަނަ ފަރާތަކަށް 65 އިންޗީގެ ފިލިޕްސް ޓީވީ އެއް ދޭން ވަނީ ނިންމާފައެވެ.

މީގެ އިތުރުން ގުރުއަތުން ދިމާވާ ފަރާތްތަކަށް މުޅި ޕްރޮމޯޝަން ތެރޭގައި 300،000 ރުފިޔާގެ އަގުހުރި އިނާމު ލިބިގެން ދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

އެހެން އަހަރުތަކާ ހިލާފަށް މިއަހަރުގެ ޕްރޮމޯޝްން ތެރޭގައި ކޮންމެ ހަފުތާއެއްގެ ބުރާސްފަތި ދުވަހުގައި ކުންފުނީގެ ޕްރޮޑަކްޓް ބޭނުން ކުރާ ގޮތް ދައްކާލުންތައް ވެސް ކުރިޔަށް ގެންދަން ވަނީ ނިންމާފައެވެ. އަދި ޕްރޮޑަކްޓް ދައްކާލުން ކުރިޔަށް ދާ ގަޑީގައި ކަސްޓަމަރުން އަމިއްލައަށް ޕްރޮޑަކްޓް ތަޖުރިބާ ކުރުމުގެ ފުރަސަތު ލިބިގެން ދާއިރު އެޕްރޮޑަކްޓުން ހާއްސަ ޑިސްކައުންޓެއް ވެސް ދޭނެ ކަމަށް އެސްޓީއޯ އިން ބުނެއެވެ.

އަދި ކޮންމެ ހަފުތާއަކު ހުކުރު ،ހޮނިހިރު ދުވަހު ބައެއް ސެލެކްޓިވް އައިޓަމްސްތަކުން ވެސް ޑިސްކައުންޓު ދޭން ވަނީ ނިންމާފައެވެ. އީ ސްޓޯރު މެދުވެރި ކޮށް ވެސް ޕްރޮމޯޝަން ޕްރޮޑެކްޓު ލިބިގެން ދާނެ ކަމަށާއި ފުރިޖު އަދި ދޮންނަ މެޝިންފަދަ އައިޓަމްތައް ގަތުމުން ޑެލިވަރީ ކޮށްދޭނެ ކަމަށް ވެސް އެސްޓީއޯ އިން ބުނެއެވެ.