އިނގުރައިދޫ ދާއިރާގެ ހަސަން އަހުމަދު (ހަސަންޓޭ) ޕީއެންސީއަށް ސޮއިކުރައްވައިފިއެވެ.

ހަސަންޓޭގެ ފޯމު ހަވާލުކުރައްވާފައިވަނީ ޕީއެންސީގެ ރައީސް، ރައީސް ޑރ. މުހައްމަދު މުއިއްޒުއާއެވެ.

މިއަދު ހަސަންޓޭ ވިދާޅުވީ މިއަދުން ފެށިގެން ރައީސް މުއިއްޒުއާއެކުު ކުރިއަށްދިއުމަށް ނިންމާފައިވާ ކަމަށާއި ތެދުވެރިކަމާއި އިހްލާސްތެރިކަމާއިއެކު ޕީއެންސީއާއެކު ހުންނާނެ ކަމަށެވެ.

މިދިޔަ މަހުގެ 28 ވަނަ ދުވަހު ރައްޔިތުން މަޖިލީހުގެ އެމްޑީޕީ 13 މެންބަރަކު ޕީއެންސީއަށް ސޮއިކުރައްވާފައިވާއިރު ހަސަންޓޭއާއެކު 19 ވަނަ މަޖިލީހުގައި ދެން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ތަމްސީލުކުރައްވާ 18 މެންބަރަކު ތިއްބަވާނެއެވެ. އެއީ ޕީޕީއެމްގައި ދެ މެންބަރުން، އަދި ޕީއެންސީގައި 16 މެންބަރުންނެވެ.

މިދިޔަ މަހުގެ 28 ވަނަ ދުވަހު ޕީއެންސީއާ ގުޅިވަޑައިގެންނެވި އެމްޑީޕީގެ މެންބަރުން:

  1. އިބްރާހީމް ޝަރީފް - މަރަދޫ ދާއިރާގެ މެންބަރު
  2. މުހައްމަދު ނިހާދު - ފޭދޫ ދާއިރާގެ މެންބަރު
  3. އަހްމަދު ހައިތަމް - މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު
  4. އަލީ ހަމީދު - އިސްދޫ ދާއިރާގެ މެންބަރު
  5. އަބްދުﷲ ޝަހީމް އަބްދުލްހަކީމް - ކަނޑިތީމު ދާއިރާގެ މެންބަރު
  6. އަބްދުލްޣަނީ އަބްދުލްހަކީމް - ކުރެންދޫ ދާއިރާގެ މެންބަރު
  7. ހަސަން ޒަރީރު - މަތިވެރި ދާއިރާގެ މެންބަރު
  8. އިބްރާހީމް ނަސީރު - މުލަކު ދާއިރާގެ މެންބަރު
  9. އަބްދުލްމުހުސިން ހަމީދު - ނިލަންދޫ ދާއިރާގެ މެންބަރު
  10. އާދަމް އަލީ - މާފަންނު ދެކުނު ދާއިރާގެ މެންބަރު
  11. މުހައްމަދު ރާޝިދު - ކޮމަންޑޫ ދާއިރާގެ މެންބަރު
  12. ހަސަން ޝިޔާން - ތޮއްޑޫ ދާއިރާގެ މެންބަރު
  13. އިބްރާހީމް ޝާޒު - ގުރައިދޫ ދާއިރާގެ މެންބަރު

ހަސަންޓޭ ޕީއެންސީއާ ގުޅިވަޑައިގެންފައިވާއިރު އޭނާ ވަނީ ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި އެ ދާއިރާއަށް ވާދާކުރެއްވުމަށް ކެންޕެއިންވެސް ފައްޓަވާފައެވެ.