ވައިގެ މަގުން ރާއްޖެއަށް އެތެރެކުރި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ދިވެހި ދެމަފިރިއަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ވައިގެ މަގުން ރާއްޖެ އައިއިރު ގެނައި ލަގެޖު ފޮށިން އެކި ބާވަތުގެ، ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނުމާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 27 އަހަރުގެ ފިރިހެނަކާއި 20 އަހަރުގެ އަންހެނެކެވެ. އެދެމީހުން ހައްޔަރުކޮށް ހައްޔަރުކޮށް، އެ މީހުންގެ ކުޑަކަމުދާތަކެތި ޓެސްޓް ކުރިއިރު ވަނީ ޑްރަގްގެ ބާވަތެއް ކަމަށްވާ ސީއޯސީ އާއި ޓީއެޗްސީ އާއި ބެންޒޯއަށް ޕޮސިޓިވްވެފައެވެ.
މި މައްސަލާގައި އެ ދެ މީހުން ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިިމިނަލް ކޯޓަށް ހާޒިރުކޮށް، ފުލުހުން ވަނީ މަސްތުވާތަކެތި ފެނުނު ފޮށިގަނޑުން އެ ދެ މީހުންގެ އަންނައުނުވެސް ފެނިފައިވާ ކަމަށް ބުނެފައެވެ. އެހެންނަމަވެސް އެ ދެމީހުން ވަނީ އެ ފޮށިގަނޑަަކީ އެމީހުންގެ އެއްޗެއްކަމަށް އިންކާރުކޮށް، އެއީ މީހަކު އެމީހުންނާ ހަވާލުކުރި އެއްޗެއްކަމަށް ބުނެފައެވެ.
މި މައްސަލައިގައި ހުށަހަޅާފައިވާ ހެކިތަކަށް ރިއާޔަތްކޮށް އެ ދެ މީހުންގެ ބަންދަށް 15 ދުވަސްވަނީ ޖަހާފައެވެ.
މީގެ އިތުރުން ކޯޓުން ނެރުނު އަމުރުގައި، ފުލުހުންނާ ހަވާލާދީ ބުނެފައިވަނީ މިކަމުގައި އިތުރު ބަަޔަކު ބައިވެރިވާކަމަށް ބުރަވެވޭ ކަމަށާއި ކުށް ކޮށްފައިވަނީ ޖަމާއަތް ހަދައިގެން ކަމަށް ބެލެވޭ ކަމަށެވެ.