މިއަދު ބޭއްވި ބައި-އިލެކްޝަންގެ 3 ގޮނޑިއަށް ޕީޕީއެމްގެ މެންބަރުން އަދި 12 ރަށެއްގެ އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުކަމަށް ޕީއެންސީގެ 13 މެންބަރުން އިންތިހާބުވެއްޖެއެވެ.

ޕީޕީއެމްއިން ކާމިޔާބުކޮށްފައި ވަނީ ހއ. ކެލާ ކައުންސިލްގެ އަންހެން މެންބަރު، ނ. މާފަރު ކައުންސިލް މެންބަރު އަދި މާފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުގެ ގޮނޑިއެވެ. ދެން މިއަދު ބޭއްވި އދ. ހަންޏާ މީދޫ ކައުންސިލް މެންބަރުގެ މަގާމަށް ހޮވިފައިވަނީ އަމިއްލަ ގޮތުން ވާދަ ކުރެއްވި ކެންޑިޑޭޓެކެވެ.

މިއަދު ބޭއްވި އިންތިހާބުތަކުގެ ވަގުތީ ނަތީޖާ:

ހއ. ކެލާ ކައުންސިލް މެންބަރުގެ ބައި-އިލެކްޝަން

  1. ހަދީޖާ މައުރިފާ (ޕީޕީއެމް) - 402 ވޯޓު
  2. ހައްވާ ސުދާ (އެމްޑީޕީ) - 367 ވޯޓު

ނ. މާފަރު ކައުންސިލް މެންބަރުގެ ބައި-އިލެކްޝަން

  1. މުހައްމަދު އަބޫބަކުރު (ޕީޕީއެމް) - 239 ވޯޓު
  2. މުސްލިމް މުހައްމަދު (އެމްޑީއޭ) - 90 ވޯޓު

ނ. މާފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި-އިލެކްޝަން

  1. މަރްޔަމް ޝާއިރާ (ޕީޕީއެމް) - 217 ވޯޓު
  2. އަސްރާރު ހަސަން (އެމްޑީޕީ) - 113 ވޯޓު

އދ. ހަންޏާމީދޫ ކައުންސިލް މެންބަރުގެ ބައި-އިލެކްޝަން

  1. މުހައްމަދު ވަހީދު (ޕީޕީއެމް) - 169 ވޯޓު
  2. މުހައްމަދު ޔާސިރު (އަމިއްލަގޮތުން) 212 ވޯޓު

އަންނަ މަހުގެ 13 ވަނަ ދުވަހު ބޭއްވުމަށް އީސީއިން އިއުލާނު ކުރި 12 ރަށެއްގެ 13 ގޮނޑިއަށް އިންތިހާބު ކުރަންޖެހޭ އަދަދަށް ކެންޑިޑޭޓުން ކުރިމަތިލާފައިވާތީ، އެ 13 ގޮނޑިއަށް މެންބަރުން އިންތިހާބުވެފައިވާކަން ވެސް އެ ކޮމިޝަނުން މިރޭ ވަނީ އިއުލާނުކޮށްފައެވެ.

އެ 13 ގޮނޑީގެ ތެރެއިން 12 ގޮނޑި ކާމިޔާބުކުރީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް(ޕީއެންސީ)ގެ ފަރާތުން ކުރިމަތިލި މެންބަރުންނެވެ. އަދި ދެން އިން ގޮނޑި ކާމިޔާބުކޮށްފައި ވަނީ އަމިއްލަ ގޮތުން ކުރިމަތިލީ ކެންޑިޑޭޓެކެވެ.