ބިޑްކުރުމަކާ ނުލައި ސަރުކާރުގެ މަޝްރޫއުތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ އުސޫލު އުވާލައިފިއެވެ.
އެކަން އާންމުކޮށް ރައީސް އޮފީހުން ކުރި އިއުލާނެއްގައި ބުނެފައިވަނީ ބިޑްކުރުމުގެ ދައުވަތަކާ ނުލައި ސަރުކާރަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ އުސޫލު އުުވައިިލުމުގެ އުސޫލުގައިވާ ގޮތުން މި އުސޫލަށް އަމަލު ކުރާނީ ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެންނެވެ.
އެ އުސޫލު އުވާލައްވައި އެކަން އިއްުލާންކޮށް އިއްޔެ ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާއިރު އިއްޔެއިން ފެށިގެން އެ އުސޫލަށް އަމަލުކުރާނެއެވެ.
އެ އުސޫލު އުވާލުމުގެ މައިގަނޑު މަގުސަދަކީ ސަރުުކާރުގެ މަސައްކަތްތަކަށް ބިޑްކުރުމުގެ އުސޫލު ވީހާވެސް ބޮޑަށް ހުޅުވާލައިގެން ކުރިއަށް ގެންދިއުން ކަމަށްވާއިރު ދެ ފުށް ފެންނަ ސަރުކާރެއް އެކުލަވާލެއްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަމާޒެކެވެ.
މީގެ ކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ބިޑްނުކުރާ ސަރުކާރުގެ މަޝްރޫއުތަކަށް އަމިއްލަ ފަރާތްތަކަށް ބިޑް ކުރުމަށް ފުރުސަތު ހުޅުވާލަން އުސޫލެއް ވަނީ ކަނޑައަޅާފައެވެ.