އުރީދޫގެ ދަށުން މަސައްކަތް ކުރާ މުވައްޒަފުންގެ އުނގެނުމާއި ކުރިއެރުން ގެނެސްދިނުމަށް އުރީދޫ ގްރޫޕް ޓެލެކޮމިއުނިކޭޝަން ކުންފުނިން އުރީދޫ ލާނިން އެކަޑަމީ (އޯލާ) ތައާރަފް ކޮށްފިއެވެ.

އެ ގްރޫޕުން ބުނާ ގޮތުގައި މިއީ ހުނަރުވެރިން ތަރުބިއްޔަތު ކުރުމަށާއި ކުރިއެރުމަށް މަގުފަހިކޮށްދިނުމާއި އިންޑަސްޓްރީގެ ކުރިއެރުމަށް އެ ކުންފުނިން ކުރާ މަސައްކަތެކެވެ.

އުރީދޫ ގްރޫޕުން ބުނާ ގޮތުގައި މި އިނީޝިއޭޓިވްގެ ދަށުން އޮން ދަ ޖޮބް ލާނިން އާއި ކޯޗިން އަދި މެންޓަރިން ފަދަ އުނގެނުމުގެ ގޮތްތައް ހިމަނާފައި ވެއެވެ. މި ގޮތްތަކުގެ ސަބަބުން ވަށާޖެހޭ ނިޒާމެއްގެ ދަށުން މުވައްޒަފުންނަށް އުނގެނުމާއި ކުރިއެރުން ލިބިގެން ދާނެ ކަމަށް ވެސް އެ ގްރޫޕުން ބުނެއެވެ.

އޯލާ އަކީ އެ ގްރޫޕުގެ ލާނިން އާމްއަކަށް ވެ، ހުނަރުގެ ފަރަގުތައް ނައްތާލުމާއި، މުސްތަގުބަލުގައި ވިޔަފާރީގެ މުހިންމު ބޭނުންތައް ފުއްދައި ދިނުމާއި، ހަރުދަނާ އިންޓާނަލް ޓެލެންޓް މާކެޓެއް އުފެއްދުމަށް ހަމަޖެހިފައިވާ ކަމަށް އުރީދޫ ގްރޫޕުން ބުނެއެވެ. މި އެކަޑަމީ އަކީ ކުންފުނީގެ ސްޓްރެޓެޖިކް ލަނޑުދަނޑިތައް ހާސިލްކުރުމުގައި މައިގަނޑު އަސާސެއްގެ ގޮތުގައި ބިނާކޮށް، މަސައްކަތުގެ އުނގެނުމާއި ޕާފޯމަންސް އެކްސެލެންސްގެ ސަގާފަތަށް އެހީތެރިއަކަށް ވާނެ އެކަޑަމީއެއް ކަމަށް އެ ގްރޫޕުން ބުނެއެވެ.

އުރީދޫގެ ގްރޫޕް ޗީފް ހިއުމަން ރިސޯސަސް އޮފިސަރު ފާތިމާ ސުލްތާން އަލް ހުވާރީ ވިދާޅުވީ، ޓެކްނޮލޮޖީގެ ހަލުވި ކުރިއެރުމާއި އިންޑަސްޓްރީގެ ލޭންޑްސްކޭޕްތައް ކުރިއަރަމުން އަންނަ ޒަމާނެއްގައި އުނގެނުމާއި ތަރައްގީ އަކީ ކުރިއެރުމާއި އިނޮވޭޝަން ގެނައުމުގައި މުހިންމު ދައުރެއް އަދާކުރާ ކަމެއް ކަމަށެވެ. ބަދަލުވަމުންދާ ދުނިޔޭގައި މުވައްޒަފުންނަށް ކުރިއެރުމަށް ބޭނުންވާ ހުނަރާއި އިލްމު ފޯރުކޮށް ދިނުމަށް ކުރާ މަސައްކަތުގެ މައްޗަށް އޯލާއިން އެހީތެރިވެދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ފާތިމާ އިތުރަށް ވިދާޅުވީ، އޯލާއަކީ އެއްބައިވަންތަކަމުގެ ބާރެއްގެ ގޮތުގައި ދެކޭ ކަމަށާއި، ތަފާތު އެލްއެންޑްޑީ ކުންފުނިތައް އެއް ފުރާޅެއްގެ ދަށަށް ގެނައުމަށް މަސައްކަތް ކުރާ ކަމަށެވެ. މި ކޮންސޮލިޑޭޝަންގެ ސަބަބުން "ޕަވާ އޮފް ދަ ހޯލް" ގެ ބޭނުން ހިފައި، ކުންފުނީގެ އެކި ކަންކޮޅުތަކުގައި އެއްބައިވަންތަކަމާއި ގުޅުން ބަދަހިވެގެން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އޯލާގެ މައިގަނޑު އެއް މަގްސަދަކީ ގުރޫޕާއި އޮޕަރޭޓިން ކުންފުނިތަކުގައި ފަސޭހައިން ސްކޭލެބަލް ލާނިން އެންޑް ޑިވެލޮޕްމަންޓް ޕްރޮގްރާމްތައް ފޯރުކޮށްދިނުމެވެ. ޑިޖިޓަލް، ޓެކްނޮލޮޖީ، ބިޒްނަސް، ޕްރޮކިއުމަންޓް، ފައިނޭންސް، ހިއުމަން ރިސޯސަސް، ލީޑާޝިޕް ޑިވެލޮޕްމަންޓް އަދި މިނޫންވެސް ގިނަ ކޯސްތަކާއެކު، އޯލާއަކީ މުވައްޒަފުންނަށް ފަސޭހަކަމާއެކު އެމުވައްޒަފުންނަށް ވަދެވޭނެ ކޯސްތަކެއް ކަމަށް އުރީދޫ ގްރޫޕުން ބުނެއެވެ.

އުރީދޫ ލާނިން އެކަޑަމީ އަކީ ހުރިހާ ސީނިއަރިޓީ ލެވެލްތަކެއްގައި ސަތޭކައަށް ވުރެ ގިނަ އިންޓާނަލް ސްޓޭކް ހޯލްޑަރުންގެ އަގުހުރި ހިދްމަތްތަކާއެކު ހޯލިސްޓިކްކޮށް އެކުލަވާލާފައިވާ އެކަޑަމީއެކެވެ.

އުރީދޫއަކީ މެދުއިރުމައްޗާއި އުތުރު އެފްރިކާ އަދި ދެކުނު އިރުމަތީ އޭޝިއާގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވާ ބައިނަލްއަގުވާމީ މުވާސަލާތީ ކުންފުންޏެކެވެ. 10 ގައުމެއްގެ ކަސްޓަމަރުންނާއި ވިޔަފާރިތަކަށް ހިދުމަތް ދެމުން އަންނަ އުރީދޫގެ އެޑްވާންސް، ޑޭޓާ ސެންޓްރިކް މޮބައިލް އަދި ފިކްސްޑް ނެޓްވޯކްތައް މެދުވެރިކޮށް ފުޅާ ދާއިރާއެއްގައި ކޮންޓެންޓާއި ހިދުމަތްތައް މެދުވެރިކޮށް ލީޑިން ޑޭޓާ އެކްސްޕީރިއަންސް ފޯރުކޮށްދެއެވެ.