ރާއްޖެ އަށް އެތެރެވުމާ ބޭރުވުމުގައި އިމިގްރޭޝަން އޮފިސަރުން ޕާސްޕޯޓް ޗެކުކުރުމުގެ ބަދަލުގައި އަމިއްލައަށް ޗެކުރަން ޖެހޭ ނިޒާމު 'އީ ގޭޓު' ހިދުމަތް އަލުން ފެށުމަށް ނިންމާފައި ވާކަމަށް މޯލްޑިވްސް އިމިގްރޭޝަން އިން ބުނެފިއެވެ.

އިމިގްރޭޝަނުން ބުނީ ރާއްޖެއިން ބޭރަށް ދަތުރުފަތުރު ކުރާ ދިވެހިންނަށް 'އިމުގާ ޓްރެވެލާ ޑިކްލަރޭޝަން' ފޯމު ފުރިހަކުރަން ނުޖެހޭ ގޮތް ހަމަޖެއްސުމާއެކު މިހާރު އީ ގޭޓުގެ ހިދުމަތް ފަސޭހަކަމާއެކު ލިބިގެން ދާނެކަމަށެވެ.

އީ ގޭޓު ބޭނުންކުރުމުގައި އަމަލުކުރާނެ ގޮތް:

  • އެންމެ ފުރަތަމަ ބޯޑިން ޕާހުގެ ބާކޯޑު އިންނަ ފަރާތް ސްކޭނަރުގައި ޖެއްސުމަށްފަހު، ބޯޑިން ޕާސް ރީޑްކުރިކަމުގެ ހެޔޮ ފާހަގަ ސްކީރަނަށް އެރުމުން ބޯޑިން ޕާސް ނަގާނީ
  • ޕާސްޕޯޓުގެ ބަޔޯޑާޓާ ޕޭޖު ސްކޭނަރުގައި ޖެއްސުމަށްފަހު، ރީޑްކުރިކަމުގެ ހެޔޮ ފާހަގަ ސްކީރަނަށް އެރުމުން ޕާސްޕޯޓު ނަގާނީ
  • ޝަހާދު އިނގިލި ނުވަތަ ޕާސްޕޯޓާ ހަވާލުވިއިރު ވެރިފިކޭޝަނަށް ނަގާފައިވާ އިނގިލި ފިންގާޕްރިންޓް ސްކޭނަރުގައި ޖެއްސުމުން ގޭޓު ހުޅުވުމުން ގޭޓުން އެތެރެއަށް ވަންނާނީ

އިންޓަނޭޝަނަލް އެއާޕޯޓުގައި އީ ގޭޓު ބަހައްޓާފައިވަނީ 2016 ވަނަ އަހަރު ތެރޭގައެވެ. އީ ގޭޓުގެ ސަބަބުން ވަގު ޕާސްޕޯޓުގައި ބިދޭސީން އެތެރެވުމުގެ ފުރުސަތު ވަރަށް ބޮޑަށް ހަނިވެގެންދިޔައިރު އީ-ގޭޓުގައި ފުރިހަމަކުރަން ޖެހޭ ކަންތައްތައް ފުރިހަމަނުކޮށް އީ ގޭޓެއް ނުހުޅުވޭނެއެވެ.