އެމްއެމްއޭއިން ފަރުދުންނާއި ކުންފުނިތަކަށް ދޫކުރާ ކްރެޑިޓް އިންފޮމޭޝަން ރިޕޯޓް ހޯދުމަށް އީފާސް ޑިޖިޓަލް އައިޑީ މެދުވެރިކޮށް ހުށަހެޅޭ ގޮތް ހަމަޖައްސައިފިއެވެ.

އެމްއެމްއޭއިން ބުނީ، ކްރެޑިޓް ރިޕޯޓަށް އެދިލައްވާ ފަރާތްތަކުގެ ރިކުއެސްޓްތައް ދެން ބަލައިގަންނާނީ ކްރެޑިޓް ބިއުރޯގެ ވެބްސައިޓްި އިން އީފާސް މެދުވެރިކޮށް އަދި އީފާސް ވެރިފައިޑް އެކައުންޓުތަކުން ކަމަށެވެ.

މިގޮތަށް ހަމަޖެހުމާއި ގުޅިގެން ރިޕޯޓަށް އެދި ހުށަހަޅުއްވާ ފަރާތުގެ އޮންލައިން ވީޑިއޯ ވެރިފިކޭޝަން ހެދުން މިއަދުން ފެށިގެން ހުއްޓާލާނެ ކަމަށާއި އަދި ރިޕޯޓް ދޫކުރާނީ މަސައްކަތު 3 ދުވަހުގެ ތެރޭގައި ކަމަށް އެމްއެމްއޭއިން ބުނެއެވެ.

އެމްއެމްއޭއިން ވަނީ، ކަސްޓަމަރުންގެ ރައްކާތެރިކަމަށްޓަކައި އީފާސްގެ ލޮގިން މަޢުލޫމާތު އެއްވެސް ފަރާތަކާއި ހިއްސާ ނުކުރުމަށް އިލްތިމާސްކޮށްފައެވެ.

ކްރިޑިޓް ރިޕޯޓަކީ އާންމުންނާއި ކުންފުނިތަކުގެ ދަރަނީގެ ހާލަތު އަންގައިދޭ ރިޕޯޓެކެވެ. މިއީ ބޭންކުތަކަށާއި މާލީ އިދާރާތަކަށް ފޯރުކޮށްދޭ ރިޕޯޓެކެވެ.