މި އަހަރުގެ ނިޔަލަށް އުރީދޫގެ 5ޖީ އެއާފައިބާ ހިދުމަތް ހޯދާ ފަރާތްތަކަށް ރައުޓަރުން 50 ޕަސެންޓްގެ ޑިސްކައުންޓަކާއެކު ޕެރިހަށް ދެވޭ ދަތުރެއް ކާމިޔާބު ކުރުމުގެ ފުރުސަތު އުރީދޫ ލޯލްޑިވްސް އިން ހުޅުވާލައިފިއެވެ.

އުރީދޫ އިން ބުނީ، ޑިސެމްބަރު 31 ގެ ކުރިން 5ޖީ އެއާފައިބާ ހިދުމަތަށް އެދޭ ފަރާތްތަކަށް ރައުޓަރުން 50 ޕަސެންޓް ޑިސްކައުންޓް ލިބިގެންދާނެ ކަމަށެވެ. ހަމައެއާއެކު 5 ޖީ ނެޓްވޯކަށް އަލަށް އެދޭ ފަރާތްތަކާއި 5ޖީ ނެޓްވޯކަށް އަޕްގްރޭޑް ކުރާ ފަރާތްތަކަށް ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އާ ގުޅިގެން އުރީދޫއިން އެންމެ ފަހުން ތައާރަފް ކުރި އޮފާއާ އެކު ޕެރިހުގެ ޕާކް ޑެސް ޕްރިންސް ސްޓޭޑިއަމްގައި ޕީއެސްޖީ އާއި ލިޔޯން ބައްދަލު ކުރާ މެޗް ލައިވްކޮށް ބެލާލުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައި ކަމަށް އުރީދޫން ބުނެއެވެ. ނަސީބުވެރި ވެރި އެއް ފަރާތަކަށް ލިބޭ މި ފުރުސަތުގައި ސްޓޭޑިއަމްގެ ޓިކެޓުގެ އިތުރުން 2 ރެއާއި 3 ދުވަހުގެ ފުލް ބޯޑް އެކޮމޮޑޭޝަނާއެކު ޕެރިސް ދެކޮޅު ޓިކެޓް ލިބެއެވެ.

5ޖީ އެއާފައިބާގެ ހިދުމަތް އެކްޓިވޭޓް ކުރުމަށް މި ލިންކް ބޭނުން ކުރުމަށް އުރީދޫން ބުނެއެވެ. އަދި އުރީދޫ ފްލައި ޓު ޕެރިސް އޮފާއާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް މި ލިންކަށް ޒިޔާރަތްކޮށްލާށެވެ.

އުރީދޫގެ 5ޖީ ނެޓްވޯކުން މިހާރު މުޅި މާލެ ސަރަހައްދަށް ލިބޭ އިރު، ހައިސްޕީޑްގައި އަދި އިންޓަނެޓް ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު މިހާރު މެދުކެނޑުމެއް ނެތް އިންޓަނެޓް ލިބޭނެ ކަމަށް އުރީދޫން ބުނެއެވެ. އަގުހެޔޮކޮށް ހަލުވި ސްޕީޑްގެ އިންޓަނެޓް ފޯރުކޮށް ދިނުމަށް ދާދި ފަހުން އެ ކުންފުނިން ވަނީ 5ޖީ އެއާފައިބާ ޕޯޓްފޯލިއޯއަށް ވަރުގަދަ އަޕްގްރޭޑްތަކެއް ގެނެސް ބޮޑެތި ޑޭޓާ އެލަވަންސްތަކަކާ އެކު ސްޕީޑްތައް އިތުރުކޮށްފައެވެ. 5ޖީ އެއާފައިބާގެ ހަލުވި ސްޕީޑާއި ލޯ ލެޓެންސީ އާއެކު މި ހިދުމަތަކީ ވިޔަފާރިތަކާއި ގޭމް ކުޅޭ ފަރާތްތަކުގެ އިތުރުން ގިނަ ގިނައިން ސޮފްޓްވެއާ އާއި ގޭމް އަޕްޑޭޓް ކޮށް ސްޓްރީމްކުރާ ފަރާތްތަކަށް ފުރިހަމަ ހިދުމަތެކެވެ.

އުރީދޫން 5ޖީ އެއާފައިބާ ކަސްޓަމަރުންނަށް މިހާރު ކުރިއަށްދާ އޮފާތަކުގެ ތެރޭގައި 5 ގޭމަރުންނަށް ހާއްސަކޮށް ތައާރަފްކޮށްފައިވާ 5ޖީ ގޭމާސް ޕެކް މެދުވެރިކޮށް 100 އެމްބީޕީއެސް ސްޕީޑާއެކު 250 ޖީބީ ލިބޭ ޕްލޭނެއް ވެސް އުރީދޫން ބުނެއެވެ. މި ޕްލޭނަކީ ކޮންމެ ހަފުތާއަކު 250 ރުފިޔާއަށް އެކްޓިވޭޓް ކުރެވޭ ޕްލޭނެކެވެ. ގޭމިން ކޮމިއުނިޓީއަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ މި ގޭމިން ޕެކް މެދުވެރިކޮށް ޕެކޭޖް އިންކްލޫސިވް ޑޭޓާ އެއްކޮށް ބޭނުން ކުރުމަށް ފަހު ވެސް އިންޓަނެޓްގެ ހިދުމަތް މެދުނުކެނޑި ލިބިގެންދާނެއެވެ. ހަމައެއާއެކު އުރީދޫ 5ޖީ އަދި 4ޖީ ނެޓްވޯކްގެ ހަލުވި ސްޕީޑާއެކު ކަސްޓަމަރުންނަށް ހަފުތާއަކު 250 ރުފިޔާ ޓޮޕްއަޕްކޮށް މުޅި މަހަށް 1 ޓީބީ ޑޭޓާ ލިބޭނެ ކަމަށް ވެސް އުރީދޫން ބުނެއެވެ.