ފަލަސްތީނު ރައްޔިތުންނަށް އެހީވުމަށް ދިވެހި ރެޑް ކްރެސެންޓުގެ ފަރާތުން ހުޅުވި ފަންޑަށް 2.1 މިލިއަން ރުފިޔާ ލިބިއްޖެއެވެ.
ދިވެހިރާއްޖޭގެ ރެޑް ކްރެސެންޓް ފަލަސްތީނުގެ ގާޒާއަށް ކުރިމަތިވަމުންދާ އިންސާނީ ކާރިސާއަށް އިޖާބަ ދިނުމުގެގޮތުން، ފަލަސްތީނުގެ ރެޑް ކްރެސެންޓު ޖަމާއަތައް އެހީތެރިވުމަށް އިމަޖެންސީ ފަންޑެއް ހުޅުވީ މިދިޔަމަހު 14 ވަނަ ދުވަހުއެވެ.
ރެޑް ކްރެސެންޓުން ބުނީ، މިދިޔަ މަހުގެ 28 ގެ ނިޔަލަށް މި ފަންޑަށް 2،105،227.14 ރުފިޔާ ލިބިފައިވާ ކަމަށެވެ.
މީގެ ކުރިން މިދިޔަ މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވި މިރިލީފް ފަންޑުގެ މުއްދަތު މިމަހު 12 ވަނަ ދުވަހުގެ ނިޔަލަށް މިހާރު ވަނީ އިތުރުކޮށްފައެވެ.
ދިވެހި ރެޑްކްރެސެންޓުން ބުނީ، މި ފަންޑުން ލިބޭ ފައިސާގެ އެހީ ފޯރުކޮށްދޭނީ ފަލަސްތީނުގެ ރެޑް ކްރެސެންޓުން 10 އޮކްޓޫބަރުގައި ނެރެފައިވާ ޕްރިލިމެނަރީ އިމަޖެންސީ އިލްތިމާސަށް އިޖާބަދީ އަނިޔާވެފެ ޒަހަމްވެފައިވާ ފަރާތްތަކަށް ދެމުންދާ ހިދުމަތްތައް މެދުކެނޑުމެއްނެތި ކުރިއަށް ގެންދިއުމަށް އެހީތެރިވުމަށް ކަމަށެވެ.
އެގޮތުން ފުރަތަމަ އެހީ އަދި ސިއްހީ ހިދުމަތްތަކަށް ބޭނުންވާނެ ސާމާނާއި އުޅަނދުތަކަށް ބޭނުންވާނެ ތެލާއި އެނޫންވެސް ހަރަދު ހިމެނޭ ކަމަށާއި އަދި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ކާބޯތަކެއްޗާއި ސާފު ބޯފެން އަދި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އެ ފައިސާ ބޭނުން ކުރެވޭނެ ކަމަށް ދިވެހި ރެޑްކްރެސެންޓުން ބުނެއެވެ.
ދިވެހި ރެޑްކްރެސެންޓު މެދުވެރިކޮށް ފަލަސްތީނު ރައްޔިތުންނަށް އެހީވުމަށް:
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ނަމަ:
- އެކައުންޓުގެ ނަން: މޯލްޑިވިއަން ރެޑް ކްރެސެންޓު އެކައުންޓް ނަންބަރު (ރުފިޔާ): 7701176022001
- އެކައުންޓް ނަމްބަރު (ޔޫއެސްޑީ): 7701176022002
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ނަމަ:
- އެކައުންޓުގެ ނަން: މޯލްޑިވިއަން ރެޑް ކްރެސެންޓުއެކައުންޓް ނަމްބަރު (ރުފިޔާ): 99010155500036100
- އެކައުންޓް ނަމްބަރު (ޔޫއެސްޑީ): 9901015550003620