ވެރިކަން ބަދަލު ކުރުމުގެ ކަންކަން ކުރިއަށްގެންދާ އިންތިގާލީ ކޮމިޓީގެ، އިންތިގާލީ ސްޕޯކްސްޕާސަންގެ މަގާމަށް މުހައްމަދު ފިރުޒުލް އަބްދުالله ހަލީލް އައްޔަނު ކޮށްފިއެވެ.

މި މިގާމަށް ފިރުޒުލް އައްޔަން ކޮށްފައި ވާކަން ރޭ އިއުލާން ކޮށްފައި ވާއިރު އޭނާއަކީ މިސްރުގެ އަލްއަޒްހަރު ޔުނިވާސިޓީން ޝަރީއަތާއި ގާނޫނުގެ ދާއިރާއިން މަތީ ތައުލީމު ހާސިލު ކުރައްވާފައިވާ ލިޔުންތެރިއެކެވެ.

މީގެ އިތުރުން ވެރިކަން ބަދަލު ކުރުމުގެ ކަންކަން ކުރިއަށްގެންދާ އިންތިގާލީ ކޮމިޓީގެ ވެރިޔަކަށް ސިވިލް ސާވިސް ކޮމިޝަނުން ހަމަޖައްސާފައި ވަނީ ޕީއެންސީގެ ޗެއާމަން އަބްދުއްރަހީމް އެވެ. އެ މަގާމަށް އަދުރޭ ހަމަޖެއްސުމާއެކު ޓްރާންޒިޝަން ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތް ވަނީ ފައްޓަވާފައެވެ.

"ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ގާނޫނު" ގައިވާ ގޮތުގެ މަތިން ކުރަންޖެހޭ ހުރިހާ ކަމެއް ވީހާ ވެސް އަވަހަކަށް ކުރައްވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފައެވެ.

މި ގޮތުން ރައީސް ސޯލިހް ވަނީ ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ކަންކަން ކުރިއަށް ގެންދިއުމަށް ހާއްސަ ކޮމިޓީއެއް އުފައްދަވާފައެވެ. އެ ކޮމިޓީގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ރައީސް އޮފީހުގެ ކޯޕަރޭޓް ސާވިސް ސެކެޓްރީ ހުސައިން އާމިރު ހަމަޖެއްސަވާފައިވާއިރު ކަންކަން ވިލަރެސް ކުރައްވާނީ ޗީފް އޮފް ސްޓާފް އަލީ ޒާހިރު އެވެ.