މާފަންނު ހައުސް ޕްލާޒާ އިމާރާތުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ މި ހާދިސާ ހިނގާފައި ވަނީ މީގެ ކުޑަ އިރުކޮޅެއް ކުރިން ކަމަށާއި އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ މީހުން ދިރި ނޫޅޭ ގުދަނެއްގެ ގޮތަށް ހަދާފައިވާ އިމާރާތެއްގައި ކަމަށެވެ. އަދި އެމްއެންޑިއެފްގެ ފަޔާ އެންޑް ރެސްކިއު ޓީމުން އެ ސަރަހައްދުގައު ހަރަކާތްތެރި ވަމުންދާ ކަމަށް ބުނެއެވެ.

އަދި އިމާރާތުގެ ތެރޭގައި ހުރި ކުނި ތަކެއްގައި އަލިފާން ހިފާފައި ވާއިރު މިހާރު އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައި ވީ ނަމަވެސް އެއްކޮށް ނިއްވާ ނުލެވޭ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދިނެވެ.

މ.ހައުސް ޕްލާޒާގައި ހިނގި އަލިފާނުގެ ހާދިސާގެ ތެރެއިން / ފޮޓޯ: ދަ ޕްރެސް

ހާދިސާ ހިނގި އިމާރާތުގައި އޮތް ކާރަކަށް ގެއްލުން ވެފައި ވާއިރު އެއްވެސް މީހަކަށް މި ހާދިސާގެ ސަބަބުން އަނިޔާވެފައި ނުވެއެވެ.

މިއީ މިއަދުގެ ވަގުތެއްގައި ހިނގާ ދިޔަ ދެވަނަ އަލިފާނުގެ ހާދިސާ ކަމަށް ވާއިރު ރޭ ފަތިހުގެ ވަގުތެއްގައި ވަނީ ރަތްވިލާގޯޅީގައި ހުންނަ "ވެގަ ޕޮއިންޓް" ފިހާރައިގައި އަލިފާން ރޯވެ އަނދާ ހުލިވެފައެވެ. އެ ހާދިސާގައި އެ ފިހާރަ ކުރިމަތީގައި ޕާކް ކޮށްފައި ހުރި 15 ސައިކަލުވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ.