ކުޑަކުދިން ތަރުބިއްޔަތު ކުރާނެ ގޮތްތައް ކިޔައިދީގެން ޔޫޓިއުބުގައި މަގުބޫލުކަން ހޯދާފައި ވާ ރޫބީ ފްރޭންކުގެ ފިރިހެން ދަރިފުޅު ފިލައިގެން ގެއިން ނިކުމެގެން ދިޔަ މައްސަލައެއް ފެންމަތިވެ، ޗައިލްޑް އެބިއުސް މައްސަލައެއްގައި ހައްޔަރު ކޮށްފިއެވެ.

ޔޫޓިއުބުގައި ރޫބީ އާއި އޭނާގެ ބައިވެރިޔާ ޖޯޑީ ނާން ހިލްޑާބްރޭންޑް، ކުޑަކުދިން ތަރުބިއްޔަތު ކުރާނެ ގޮތުގެ ލަފަޔާއި އިރުޝާދު ދެމުން ދިޔަ އިރު ރޫބީގެ ދަރިފުޅު ގެއިން ފިލައިންގެ ދިޔައިރު އޭނާގެ އަންހެން ކޮއްކޮ، އުމުރުން ދިހަ އަހަރުގެ ދަރިފުޅާ މެދުވެސް ރޫބީ އިހާނެތިކޮށް ހިތާ ދުޅަހެޔޮކަން މަތީ ހުރުމަށް ބޭނުންވާ ކާނާ ނުދޭ ކަމަށް އޮފިޝަލުން ބުނެއެވެ.

މި ދެމީހުން ހައްޔަރު ކޮށް 6 ދައުވާ އެއް އުފުލާފައި ވާ އިރު، ފުލުހުން ބުނީ، މިހާތަނަށް ހިންގި ތަހުގީހުތަކުން އެ ކުއްޖާ ގެއިން ފިލައިގެން ދިޔައީ ކުޑަދޮރަކުން ފުންމާލައިގެން ކަން އެނގިފައި ވާ ކަމަށާއި ކުދި ޒަހަމް ހުރުމުގެ އިތުރުން ޑަކްޓް ޓޭޕް އަޅާފައި ހުރި ބައެއް ނިޝާންތައްވެސް ފާހަގަވާން ހުރި ކަމަށެވެ.

އޮފިޝަލުން ބުނީ ފިލައިގެން ދިޔަ ކުއްޖާ ހުރީ އެނާގެ އެކުވެރިއެއްގެ ގޭގައި ކަމަށާއި ހާލަތު ދެނެގަތުމަށް ކުރެވުނު މަސައްކަތުން ފާހަގަވީ، ރަނގަޅު ކާނާ ނުލިބި ގިނަ ދުވަސްތަކެއް ވެފައި ވާ ކަމަށާއި ބައެއް ފަހަރު ރޯނުން ބަނދެހަދާފައިވެސް އެ ކުދިން ގޭތެރޭގައި ބައިތިއްބާ ކަމަށެވެ.

މިހާރު އެ ދެކުދިން ހޮސްޕިޓަލަށް ގެންގޮސް އިތުރު ޓެސްޓްތައް ހަދަމުން ދާ ކަމަށް ވެސް ބުނެފައި ވެއެވެ.

މި ދެމީހުންގެ މައްޗަށް އުފުލާފައި ވަ ދައުވާތަކުގެ ތެރޭގައި ޖިސްމާނީ އަނިޔާ ދިނުމާއި، ކާން ނުދީ ބޭތިއްބުމާއި ނަފްސާނީ ގޮތުން އަނިޔާ ދިނުމުގެ މައްސަލަ ހިމެނެއެވެ.

އެ އިން ކޮންމެ ދައުވާއެއް ސާބިތުވެއްޖެ ނަމަ ކޮންމެ ދައުވާ އަކަށް 10 އަހަރުގެ ޖަލު ހުކުމެއް އައުމުގެ އިތުރުން 10،000 އެމެރިކާ ޑޮލަރުގެ ޖޫރިމަނާއެއް ވެސް އަންނާނެ އެވެ.

އުމުރުން 41 އަހަރުގެ ރޫބީ ހަދައިގެން އުޅޭ ޔޫޓިއުބު ޗެނަލް އަކީ "8 ޕަސެންޖާސް" އެވެ. އެ ޗެނަލްގައި 2 މިލިއަނަށް ވުރެ ގިނަ ސަބްސްކްރިބަރުން ތިބެއެވެ.