މާލޭގައި ފިރިހެނަކު ރަހީނުކޮށް ފައިސާތަކެއް ފޭރުނު މައްސަލައިގައި އަދި އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުނެފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމަތު ދެމުން ފުލުހުން ބުނީ ދިވެހި ފިރިހެނަކު ރަހީނު ކޮށްގެން ގަދަކަމުން ގެސްޓްހައުސްއެއްގެ ތެރެއަށް ވައްދާ ބޭންކު އެކައުންޓުން ޓްރާންސްފާ ކުރުވައިގެން ފައިސާތައް ފޭރިގަންފައި ވާކަމަށެވެ. އޭނާގެ އަތުން ފައިސާތަކެއް ފޭރިގަތް މައްސަލަ ބަލަމުން ދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ނަމަވެސް ރަހީނު ކޮށްފައިވާ މީހާ އާ ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުން ހާމަކޮށްފައި ނުވާއިރު އަތުލާފާއި ވަނީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއްވެސް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ބައެއް މަސްދަރުތަކުން ބުނާގޮތުން ދެލައްކައަށް ވުރެ ގިނަ ފައިސާ ފޭރިގަތެވެ.

ރާއްޖޭގައި އެކި ކަހަލަ ކުށްކުރާ އިންސައްތަ އިތުރުވަމުން އަންނައިރު މިދިޔަ ޖޫން މަހުގެ ތޭރޭގައި ތިން ދިވެއްސަކު ރަހީނުކުރި މައްސަލައެއް ވަނީ ފެންމަތިވެފައެވެ.

އެ މައްސަލައާ ގުޅިގެން ދިވެހި ފިރިހެނެއްގެ އިތުރުން 18 އަހަރު ނުފުރޭ ކުޑަކުއްޖަކުވެސް ހައްޔަރު ކޮށްފަ އިވާއިރު ފުލުހުން އަންނަނީ މި މައްސަލަވެސް އިތުރަށް ތަހުގީގު ކުރަމުންނެވެ.