މުދާ އުފުލާ ދޯންޏެއްގައި އުޅޭ ދ. މާއެނބޫދޫ އިބްރާހީމް ޝުޖާއު (36އ)، ފެނިއްޖެއެވެ.
ފުލުހުން ބުނީ، އިބްރާހީމް ޝުޖާއު އޭނާގެ އާއިލާއަށް ގުޅާފައިވާ ކަމަށާއި ކަނޑުމަތީގައި ކަންނެލި ދޯންޏެއްގައި އުޅޭކަމަށް ބުނެފައިވާ ކަމަށް އާއިލާއިން މައުލޫމާތުދީފައިވާ ކަމަށެވެ.
އާއިލާއަށް ހަބަރެއްނުވެ ގެއްލިފައިވާ ބުނެ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ޖުލައި 30 ވަނަ ދުވަހުގެ 22:04 ހާއިރު ކަމަށް ފުލުހުން ބުނެއެވެ.
އޭނާ އުޅެނީ މުދާ އުުފުލާ ދޯންޏެއްގައި ކަމަށާއި އެންމެ ފަހުން އޭނާގެ ހަބަރެެއް ވެފައި ވަނީ ޖުލައި މަހުގެ 14 ވަނަ ދުވަހުގެ މެންދުރު 12:37 ހާއިރު ފޯނުން ކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އޭނާ ހޯދަން ފުލުހުން ވަނީ ފޮޓޯ އާއި އަދި މައުލޫމާތު އެނގޭ މީހުން ގުޅާނެ ނަމްބަރު ވެސް ހިއްސާ ކޮށްފައެވެ.
ރާއްޖޭގައި ފަހަކަށް އައިސް މީހުން ވީނުވީއެއް ނޭނގި ގެއްލުމުގެ މައްސަލަ ދަނީ އިތުރުވަމުންނެވެ. އެގޮތުން އެފަދައިން ގެއްލޭ މީހުން ހޯދަން ގިނަ ދުވަސްތަކެއް ހޭދަ ކުރި ނަމަވެސް ފަހުގެ ތާރީހުތަކުގައި މީހާ ވީނުވީ ނޭނގި ނުފެނިވެސް އެބަ ހުއްޓެވެ.
ޢާއިލާއިން މިބުނަނީ މުދާ އުފުލާ ދޯންޏެކޭ ކަންނެލި ދޯނީގަ އުޅޭ މީހުން ވަރަށް ގިނަ ދުވަހު ދަތުރުމަތީގަ ރޭންޖް ނުލިބޭ ހިސާބުގަވެސް އުޅޭ ކަމަށްވޭ