އިންޑިއާގެ މަނިޕޫރުގައި ހިނގާ ނަސްލީ ހަމަނުޖެހުމުގެ ތެރެއިން 2 އަންހެނަކު ބަރަހަނާ ކޮށް މަގުމަތީގައި ހިންގުވުމުގައި އިސްކޮށް ހުރި ހިންދޫ މެއިޓީ ދަރިކޮޅަށް ނިސްބަތްވާ ކުއިރަމް ހެރޮދާސް ގެ ގޭގައި އެ އަވަށުގެ އަންހެން ވެރިން ނިކުމެ ރޯކޮށްލައިފިއެވެ.
ހިންދޫ މައިޓީ ދަރިކޮޅާއި ނަސޯރާ ކޫކީ ދަރިކޮޅާ ދެމެދު ފެށި ހިނގަމުން އަންނަ ހަމަނުޖެހުމުގައި މިހާތަނަށް 160 މީހަކު މަރުވެފައި ވާއިރު، ބަރަހަނާކޮށް މަގުމަތީގައި ހިންގުވި 2 އަންހެނުންގެ މައްސަލަ ފެންމަތިވީ އިހަށް ދުވަހުއެވެ.
ހުސްވި މެއި މަހުގެ ތެރޭގައި ހިނގި އެ ހާދިސާގެ މައުލުމާތު އާންމުވީ އިހަށް ދުވަހު އިންޓަނެޓްގައި އާންމުވި ވީޑިއޯއަކުންނެވެ. އެ ވީޑިއޯގައި ފެންނަނީ އެ 2 އަންހެނުން ބަރަހަނާ ކޮށް ތަޅާ ކޮއްޕަައި ދަމަމުން ރަށުތެރޭގައި ހިންގުވައި ގެންގޮސް މަގުގެ އަރިމަތިން އޮންނަ ދަނޑުތަކުގެ ތެރެއަށް ކޮއްޕާލައި ވައްޓާލާ މަންޒަރެވެ.
އެ މައްސަލަ އާންމުވުމާއެކު އާންމުންގެ ރުޅިވެރިކަން އުތުރި އަރަމުން ދާ މިދަނޑިވަޅުގައި ފުލުހުން ހެރޮދާސް ހައްޔަރު ކުރި ވާހަކަ އާންމު ކުރިތާ ދެދުވަސް ނުވަނީސް، އޭނާގެ ގެއަށް ގާ އުކާ ރޯކޮށްލި ހާދިސާ މިވަނީ ހިނގާފައެވެ. ފުލުހުން ބުނީ، ކުށްވެރިވާ އެންމެނަށް ހައްގު އަދަބު ދޭނެ ކަމަށާއި އާންމުންގެ ރުޅި ޖާއިޒު [ހައްގު] ނަމަވެސް ގާނޫނީ އިމުގެ ތެރޭގައި ތިބުމަށެވެ.
އެ 2 އަންހެނުން މަގުމަތީގައި ހިންގުވުމުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވާ އިރު ފުލުހުން ވަނީ މިހާރު އިތުރު 3 މީހަކު ހައްޔަރު ކޮށްފައެވެ. އިތުރަށް ފުލުހުން ބުނީ، ތުހުމަތު ކުރެވޭ 30 އަކަށް މީހުން ތިބި ކަމަށާއި އެމީހުންވެސް ހައްޔަރު ކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.
އެ 2 އަންހެނުން ބަރަހަނާ ކޮށް މަގުމަތީގައި ހިންގުވި މައްސަލައިގައި އިންޑިއާގެ އެކި ސްޓޭޓް ތަކުގައި މުޒާހަރާ ފަށާފައި ވާ އިރު އަންހެނުންގެ ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތަކުން ބުނީ، މުޅި އިންޑިއާގައި މުޒާހަރާ ކުރާނެ ކަމަށެވެ.
ރަނގަޅު ރަނގަޅު ގެރިމޯދީ ސަރުކާރު ކޮށިއަރުވާލާ ވަރަށްސާފް