ފްޓްބޯޅައިގައި ދޭ ޝަރަފުވެރި އެއް އެވޯޑް ކަމަށް ވާ ބެލޯން ޑިއޯރް 7 ފަހަރު ހޯދާފައި ވާ ކުޅަދާނަ ފޯވާޑް ލިއޮނަލް މެސީ އެމެރިކާގެ ޓީމަކަށް ސޮއިކޮށްފިއެވެ.

ފްރާންސްގެ ޕެރިސް އެސްޓީ ޖާމައިން (ޕީއެސްޖީ) ދޫކޮށް މެސީ (36އ) އެމެރިކާއަށް ދިޔައީ ކިޔާ ވަރެއްގެ ފީއަކަށް ކަމެއް އަދި ސާފެއް ނުވެއެވެ.

މިދިޔަ ވޯލްޑް ކަޕްގައި އާޖެންޓީނާއަށް ތަށި ހޯދައިދިން މެސީ ޕެރިސް ޓީމު ދޫކޮށްލުމުން ދަނީ ސައުދީގެ ޓީމަކަށް ކަމަށް ގިނަ ބަޔަކު ހީކުރިއެވެ. އެ މުއްދަތުގެ ތެރޭގައި އޭނާ މެދުއިރުމައްޗަށް ދަތުރު ކޮށްފައި ވުމާއި ފްޓްބޯޅަ ބައެއް ލެޖެންޑުން ކަމުގައި ވާ ރޮނާލްޑޯ ފަދަ ކުޅުންތެރިން ވެސް ސައުދީއަށް ދިޔުމުން އެގޮތަށް ހީކުރެވުނެވެ.

މެސީ އެމެރިކާގެ އިންޓާ މިއާމީއަށް ކުޅޭ ފުރަތަމަ މެޗް މިމަހުގެ 21 ގައި އޮންނާނެއެވެ.

ފްރާންސްގެ ޕީއެސްޖީއަށް ކުޅުނު އިރު އެނާ ވަނީ 75 ގޭމުން 32 ގޯލް ކާމިޔާބު ކޮށްފައެވެ.