އާޖެންޓީނާގެ ކެޕްޓަނު ލައިނަލް މެސީގެ ބައްޕަ ކުއްލި ގޮތަކަށް މަރުވެއްޖެ ކަމަށް ބުނެ ދޮގު ހަބަރެއް ގެނެސްދިން އެގައުމުގެ ޓީވީ ޕްރެޒެންޓަރެއް އިސްތިއުފާ ދީފިއެވެ.

އާޖެންޓީނާގެ ސްޓްރީމިންގް ޓީވީ ސްޓޭޝަނެއް ކަމަށްވާ 'ލުޒޫ ޓީވީ' އިން ވަގުތުން ގެނައި ބްރޮޑްކާސްޓެއްގައި ޕްރެޒެންޓަރު ވާހަކަ ދައްކަމުން ފްލޮރެންސިއާ ޕެނާ ބުނީ މެސީގެ 68 އަހަރުގެ ބައްޕަ ކުއްލި ގޮތަކަށް މަރުވެފައިވާ ކަމަށެވެ. ވޯލްޑްކަޕްގައި އާޖެންޓީނާ ކުޅުނު ފުރަތަމަ މެޗުން 3-0 އަލްޖީރިއާ ބަލިކުރުމަށް ފަހު ގެނައި މި ހަބަރު އާޖެންޓީނާގައި ދާދި އަވަހަށް ވައިރަލް ވެގެންދިޔައެވެ.

މި މައުލޫމާތު ދޮގުކޮށް މެސީގެ އާއިލާއިން ނެރުނު ސްޓޭޓްމަންޓްގައި ބުނެފައިވަނީ މެސީގެ ބައްޕަ ހޯހޭ މެސީއަށް ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ކަމަށާ އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށެވެ. މެސީގެ އާއިލާއިން ބުނީ އާއިލާއަށް މިފަދަ ދަތި ވަގުތެއްގައި ދޮގު ހަބަރު ފެތުރުމަކީ އެއް ގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއް ނޫން ކަމަށާ މި ދަނޑިވަޅުގައި އާއިލާއަށް އިހްތިރާމްކުރުމުގެ ގޮތުުން ވަގުތު ދިނުން މުހިއްމު ކަމަށެވެ.

މި ހަބަރު ލައިވް ޓީވީގައި ގެނެސްދިން ޕެނާ މިހާރު ވަނީ އޭނާ ހުރި މަގާމުން އިސްތިއުފާ ދީފައެވެ. ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ޕެނާ ބުނީ ލައިވް ޕްރޮގްރާމެއް އޭނާ ހުށަހެޅި މި ހަބަރަކީ އެވަގުތު އޭނާއަށް ޕްރޮޑަކްޝަން ޓީމުން ދިން މައުލޫމާތު ކަމަށާ ބެލުންތެރިންނާ މައުލޫމާތު ހިއްސާކުރުމުގެ ކުރިން އެއީ ސައްހަ މައުލޫމާތެއް ކަން ކަށަވަރުކުރުމަކީ އޭނާގެ ޒިންމާއެއް ކަމަށެވެ.

ޕެނާ ބުނީ އޭނާއަށް މި ހެދުނު ގޯހަށް ހިތުގެ އަޑިން މައާފްކުރާ ކަމަށާ މިކުށުުގެ ޒިންމާ ނަގާ މަގާމުން އިސްތިއުފާ ދީފައިވާ ކަމަށެވެ.