އިންޑިއާގެ ހުޅަނގު އުތުރުން ދިއްލީ ހިމެނޭހެން 7 ސަރަހައްދަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެ ބޮޑެތި ގެއްލުންތައް ލިބެމުން އެބަދެއެވެ.

އިންޑިއާގެ މޫސުމާ ބެހޭ އިދާރާއިން ބުނީ، ހުލަނގު އުތުރުގެ ހިމާޗަލް ޕްރަދޭޝް އާއި، ޕަންޖާބް، ހަރްޔާނާ، ޗައްދީޝްގަރް، ދިއްލީ، ރާޖަސްތާނާއި އުއްތަރް ޕްރަދޭޝްގެ އެހި ހިސާބުތަކުގައި ފެންބޮޑުވެފައި ވާ ކަމަށާއި ކުރިއަށް އޮތް ހަފްތާގެ އާދީއްތައާ ހަމައަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ.

މިހާދިސާގައި ބައެއް ގިނަ ބަޔަކު މަރުވެފައި ވާ އިރު މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ސިފައިންގެ މީހުންގެ ތެރެއިން 2 މީހަކުވެސް ވަނީ މަރުވެފައެވެ.

އާންމުވެފައި ވާ ބައެއް ވީޑިއޯތަކުން ފެންނަ ގޮތުގައި، ބައެއް ސަރަހައްދުތަކުގައި ވަނީ އުނަގަނޑުތާ ފެން ހެދިފައެވެ. އަދި ބައެއް ހައިވޭތައް ވެއްޓި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ސަބަބުން ތާރުގަނޑު ދަމައިގަނެއްގެން ނުވަތަ ނެއްޓިގެން ދާތަންވެސް ފެނެއެވެ.

އިންޑިއާގެ ހިމާލިޔާ ފަރުބަދަތައް ހިމެނޭ ސަރަހައްދުތަކުގެ ވާދީތަކުގައި ދިރިއުޅޭ މީހުންނަށް ވިއްސާރައިގެ ގެއްލުން ބޮޑަށް ކުރަމުން ދާ އިރު، ބައެއް ގެތަކަަށް ވެސް ވަނީ ފެންވަދެފައެވެ.

ވިއްސާރައިގައި ހައިޥޭއެއް ހަލާކުވެފައި

މި ވިއްސާރާގައި ވިދާ ގުގުރަމުން ދާ އިރު، ފެންގަނޑުތެރެއިން ހުރަސްކުރަމުން ދިޔަ ދެމީހެއްގެ ގަޔަށް ހޮނު އަޅާ މަރުވެފައިވެސް ވެއެވެ. ކަޝްމީރާއި އެނޫންވެސް ބައެއް ސަރަހައްދުތަކުގައި ހުރި ކޯރުތައް ފުރި ބަންޑުން ވަމުން ދާ އިރު، އެތައް ބަޔަކު ހާލުގައި ޖެހި، އެހީތެރިކަމަށް ވެސް ވަނީ ދަނީ އެދެމުންނެވެ.

2003 އަށް ފަހު އެންމެ ގިނައިން އެއް ދުވަހެއްގައި ވާރޭ ވެހުނީވެސް މި ވިއްސާރައިގައި ކަމަށާއި ރެކޯޑުތަކުން ދައްކާގޮތުން އެއް ދުވަހާ 126 މިލިމީޓަރުގެ ވާރޭ ވެހިފައި ވާ ކަމަށް މޫސުމާ ބެހޭ އިދާރާއިން ބުނެއެވެ.