ސްމާޓް ވޮޗް އަޅައިގެން އުޅޭ މީހުން ޕާކިންސަން ޑިޒީސް އަށް އަވަހަށް ޑައިގްނޯސްވުން މެދުވެރި ވެދާނެ ކަމަށް ދިރާސާއަކުން ދައްކާފިއެވެ.

ޔޫކޭގެ ޑިމެންޝިއާ ރިސާޗް އިންސްޓިޓިއުޓް ޓީމުން މި ރިސާޗް ހެދީ 103،712 ސްމާޓް ވޮޗް އަޅައިގެން ތިބި މީހުންނާ އެކުގައެވެ. އެ ދިރާސާގައި ބުނީ އާންމު ގޮތެއްގައި ޕާކިންސަން ޑިޒީސް އަށް ޑައިގްނޯސް ކުރާނީ މި ބަލީގެ އަލާމާތްތައް މެދުނުކެނޑި 5 އަހަރާއި 10 އަހަރާ ދެމެދު ފެންނަން ހުންނަ ނަމައެވެ. ނަމަވެސް އަލާމާތްތައް ނުފެނި ސްމާޓް ވޮޗް އަޅައިގެން ތިބޭ މީހުން ކުރިއަށް އޮތް ހަތް އަހަރު ދުވަހުގެ ތެރޭ މި ބަލި ދެނެގަނެވި އެ ބައްޔަށް ޑައިގްނޯސް ކުރެވޭ ކަމަށެވެ.

މީހުންގެ އުޅުމާއި ހެލިފެލިވާ މިންވަރު ހަފްތާ އަކު ކޮންމެ ދުވަހަކު ދެނެގަނެވި އެ މީހާ އަކީ ޕާކިންސަން ޖެހުމުގެ ފުރުސަތު އޮތް މީހެއް ކަމަށް ގަޑީގެ ސަބަބުން ދެނެގަނެވެއެވެ. މި ބަލި ޖެހޭ މީހާ މި ބަލީގައި އުޅޭތާ ގިނަ ދުވަސް ވަމުންދާ ވަރަކަށް މީހާގެ ސިކުނޑި މަޑުމަޑުން ހަލާކުވަމުންދާނެއެވެ ޕާކިންސަންގެ އަލާމާތްތަކުގެ ތެރޭގައި އިޚްތިޔާރުން ބޭރުގައި ހަށިގަނޑުގެ ގުނަވަންތައް ތެޅުން، ހަށިގަނޑުގެ މަސްތައް ދަގަނޑުވުން އަދި މީހާގެ ހަރަކާތްތައް އާންމު މީހަކަށްވުރެ ލަސްވުން ހިމެނެއެވެ.

ޔޫކޭގައި ސްމާޓް ގަޑި އަޅަނީ 30 އިންސައްތަ އެވެ. ސްޓަޑީ ލީޑަރު ޑރ ސިންތިއާ ސެންޑޯރު ވިދާޅުވީ މި ބައްޔަށް ޑައިގްނޯސްކުރެވޭއިރު ގިނަ ފަހަރަށް މީހާގެ ސިކުނޑީގެ ސެލްތައް ހަލާކުވެފައި ހުންނަ ކަމަށެވެ. ޔޫކޭގައި މި ބައްޔައް ފަރުވާ ކުރަނީ ބައި މިލިއަނެއްހާ މީހުން ކަމަށްވެސް ޑރ ވަނީ ވިދާޅުވެފައެވެ.

ޕާކިންސަން ޑިޒީސް ހުންނަ މީހާއަށް އެހީތެރިވާނެ ގޮތްތައް.

ބައްޔާ ގުޅޭ މައުލޫމާތު ހޯދުން.

ގަވައިދުން ޗެކްއަޕް ހެދުން.

ގަޑިގަޑީއަށް ބޭސް ދިނުން.

ބަލި ޖެހިފައި ހުންނަ މީހާ ގާތު އުޅޭއިރު އެމީހާ އަށް ފޯކަސް ދިނުން.