އިންޑިއާގެ މަހާރާޝްތްރަ ހައިވޭއެއްގައި ދުއްވާފައި ދިޔަ ބަހެއްގެ ފުރޮޅު ފަޅައިގެން ގޮސް ކޮންޓްރޯލް ނެއްޓިގޮސް މަގުގެ ޑިވައިޑާގައި ޖެހި ހިނގި އެކްސިޑެންޓެއްގައި 25 މީހަކު މަރުވެއްޖެއެވެ.

މިހާދިސާގައި ބަސް ޑިވައިޑަރުގައި ޖެހުމާއެކު ބަހުގައި ރޯވެ އޭގައި ތިބި 33 މީހުންގެ ތެރެއިން ނުކުމެވުނީ މަދުވަޔަކަށެވެ. ސަލާމަތްވި މީހުންނަށް ވެސް އެކި ވަރުގެ އަނިޔާ ވެފައި ވާ އިރު އެމީހުން ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވަ ދެމުންނެވެ.

އެކްސިޑެންޓްވި ބަސް ދަތުރުކުރަމުން ދިޔައީ ނާގްޕޫރުން ޕޫނޭ އަށެވެ.

އިންޑިއާގައި މަގުމަތީ އެކްސިޑެންޓުތަކަކީ އާންމު ކަމެއް ނަމަވެސް އެއްފަހަރާ ގިނަ ބަޔަކު މިފަހަދަ ހާދިސާތަކުގައި މަރުވަނީ މަދުންނެވެ. ދުވަސްވީ ބާ ވެހިކަލްތަކާއި، ފަރުވާ ކުޑަކޮށް ދުއްވުމާއި، މަގުތައް ހަލާކުވެފައި ހުރުމުން ހިނގާ އެކްސިޑެންޓްތައް ގިނަ އިރު، އަހަރެއްގެ ތެރޭގައި 110،000 އެއްހާ މީހުން މަގުމަތީ އެކްސިޑެންޓްތަކުގައި އިންޑިއާގައި މަރުވެއެވެ.