ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު (އޭއައިއޭ)ގެ ބޯޑަށާއި ބިޒްނަސް ސެންޓަ ކޯޕަރޭޝަންގެ ބޯޑަށް މެންބަރުން އައްޔަން ކޮށްފިއެވެ.

އޭއައިއޭގެ ބޯޑަށް ސ. ފޭދޫ، މޫންލައިޓު ޝަޒުރާ ޝާކިރު އައްޔަން ކޮށްފައި ވާއިރު ބިޒްނަސް ސެންޓަރުގެ ބޯޑަށް އައްޔަންކުރީ މއ. ނޫރީ ލަމްޔާ އިބްރާހިމް އެވެ.

އޭއައިއޭގެ ބޯޑަށް އައްޔަން ކުރި ޝަޒުރާ ވަނީ އެޑްމިނިސްޓްރޭޝަންގެ ދާއިރާ މާސްޓާސް ޑިގްރީ ހާސިލު ކުރައްވާފައެވެ. އެފްޖޭއެސް ކޮންސަލްޓިންގެ ޑެޕިއުޓީ ޕްރޮޖެކްޓް މެނޭޖަރެއްގެ މަގާމުގައި ހުންނެވި ޝަޒުރާ ވަނީ ރާއްޖޭގައި ހުންނަ މޮރިޝަސް ކޮމާޝަލް ބޭންކުގެ އެޗްއާރު ރެޕްރެޒެންޓޭޓިވްގެ މަގާމާއި އައިލެންޑް އޭވިއޭޝަންގެ މެނޭޖާ އެޑްމިނިސްޓްރޭޝަންގެ މަގާމު އަދާކުރައްވާފައެވެ.

ބިޒްނަސް ސެންޓަ ކޯޕަރޭޝަންގެ ބޯޑަށް އައްޔަންކުރި ލަމްޔާ ވަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަން އިން ބެޗްލާ ޑިގްރީ ހާސިލު ކުރައްވާފައެވެ. ކުރިން ލަމްޔާ ވަނީ އިކޮނޮމިކް މިނިސްޓްރީގެ އެކި މަގާމުތައް އަދާކުރައްވާފައެވެ. މީގެ އިތުރުން ހަޒާނާ މޯލްޑިވްސް އާއި އެޗްޑީސީގެ ބޯޑު މެންބަރުކަންވެސް ވަނީ ކުރައްވާފައެވެ.