އިންޑިއާގެ ރެސްލިން ފެޑެރޭޝަންގެ ޗީފް، ޖިންސީ ފުރައްސާރަ ކުރި މައްސަލައެއް ނުބަލާން އިދާރާތަކުން ކުރާ މަސައްކަތާ ހުރެ ރެސްލަރުން ރުޅިގަދަވެ ހިނގަމުން ދާ ހަމަނުޖެހުންތައް މިއަދު އިތުރަށް ހޫނުވެއްޖެއެވެ.
އިންޑިއާގައި އަލަށް ހެދި މަޖިލީސް ކުރާ ގެ މިއަދު ހުޅުވި ރަސްމިއްޔާތު އޮތް އިރު އެތަނަށް ދާން ރެސްލަރުން މަސައްކަތް ފެށުމުން، ހުއްޓުވަން ނިކުތް ފުލުހުންނާ ކުރިމަތިލާ ހަމަނުޖެހުން ވަނީ ހިނގާފައެވެ. ރެސްލިން ތަޅާ މީހުންގެ ތެރޭގައި އޮލިމްޕިކް މެޑަލް ހާސިލު ކޮށްފައިވާ އެތްލީޓުންނާއި އެތައް ކާމިޔާބީތަކެއް ހޯދާފައި ވާ އެތްލީޓުން ހިމެނެއެވެ.
ރެސްލިން ތަޅާ މީހުންނާއެކު ގިނަ އަދަަދެއްގެ އާންމުންވެސް ބައިވެރިވެ މިއަދު ފުލުހުންނާ ކުރިމަތިލުން ހިނގާފައި ވާ އިރު، ފުލުހުން ވަނީ ބައެއް ރެސްލަލުން ހައްޔަރު ކޮށްފައެވެ.
ރެސްލިން ތަޅާ އަންހެން ވެރިން ބުނާ ގޮތުގައި، ރެސްލިން ފެޑަރޭޝަންގެ ރައީސްކަން ކުރާ ބީޖޭޕީގެ އެމްޕީ ބްރިޖްބޫޝާން ޝަަރަން ސިންގް އާ މެދު ފިޔަވަޅު އެޅުމުގައި ބީޖޭޕީގެ ސަރުކާރުން ވަނީ އިހުމާލުވެފައެވެ.
މަހެއްހާ ދުވަހަށް ދިގު ދެމިގެން އަންނަ އިހުތިތާޖު ތަކުގެ ސަބަބުން މައްސަލަ ހޫނު ވަމުން ދާ އިރު އެތްލީޓުން ގޮވާލަމުން ދަނީ ބްރިޖްބޫޝާން ވަގުތުން ހައްޔަރު ކުރުމަށެވެ. ނަމަވެސް އިދާރާތަކުން އޭނާ ހައްޔަރު ކުރުމަށް ނުކުޅެދުމުން އެތްލީޓުން ވަނީ، އޭނާގެ މައްސަލައިގައިގެ ތެރެއަށް ސްޕްރީމް ކޯޓުން ވަދެ އޭނާގެ މައްސަލަ ޕޮލިހުގައި ރަޖިސްޓާ ކުރަން އަމުރު ކޮށްދިނުމަށް ގޮވާލާފައެވެ.
މި މައްސަލައިގައި ބްރިޖްބޫޝާން ވަނީ އެތްލީޓުންގެ ތުހުމަތުތަކަށް އިންކާރު ކޮށްފައެވެ. އަދި ފުލުހުންވެސް އެއްބައި ވަނީ ބްރިޖްބޫޝާން އާއެވެ.
މިއަދު ބޮޑުވަޒީރު ނަރެންދްރަ މޯދީ މަޖިލީސް ހުޅުވައި ދެއްވި އިރު، އެތަނަށް އިހުތިޖާޖަށް ދާން މަސައްކަތް ކުރި އެތްލީޓުން ހުއްޓުވީ 100 އެތައް ފުލުހުން ނިކުމެއެވެ. ގިނަ ބަޔަކު ހައްޔަރު ކޮށް ބަސް ބަހުގައި ފޮނުވާލާފައި ވާ އިރު އެތައްހާސް ދަނޑުވެރިންނެއް ވެސް ވަނީ މިއަދު ރެސްލިން ތަޅާ މީހުންނާ ބައިވެރިވެފައެވެ.
މިއަދު މި މައްސަލަ ފެންމަތިވެ ހަމަނުޖެހުން ހިނގާފައި ވާ އިރު، އަލަށް ހެދި ޕާލިމަންޓް އިމާރާތް މޯދީ ހުޅުވައިދެއްވާތީ އިދިކޮޅު ޕާޓީތަކުން ވަނީ ބޮއިކޮޓްވެސް ކޮށްފައެވެ. އެ މައްސަލައިގައި އިދިކޮޅުން ބުނީ، ޕާލިމަންޓް ހުޅުވައި ދެއްވަން ޖެހިވިަޑައިގަންނަވާނީ އިންޑިއާގެ ރައީސަށް ކަމަށާއި، މޯދީ އެކަން ކުރެއްވުމަކީ ޑިމޮކްރަސީ އާއި އިންޑިއާގައި އަމަލުކުރަމުން އަންނަ އުސޫލާވެސް ހިލާފު ކަމެއް ކަމަށެވެ. އިންޑިއާގައި ރައީސަކީ ރަމްޒީ ނުވަތަ ސެރެމޯނިއަލް ބޭފުޅެއް ނަމަވެސް ބައެއް މުނާސަބް ކަންކަމުގެ ޝަރަފްވެރިއަކީ ރައީސެވެ. އެއާއެކު މިއަދު ޕާލިމަންޓް ހުޅުވުން ތަފާތު ވެގެން ދިޔަ މައްސަލަވެސް ވަނީ ހޫނުވެފައެވެ.