މާލެ، ދިވެހިރާއްޖެރާއްޖޭގެ އެންމެ ބޮޑު އޮންލައިން މާކެޓް، މޫލީ އިން މިއަދު މޫލީ "އެންމެ އަގު ހެޔޮ ސޭލް" ގެ ނަމުގައި ހާއްސަ ޕްރޮމޯޝަންއެއް ފަށައިފިއެވެ.
އޫރިދޫން ބުނީ، މި ޕްރޮމޯޝަންގެ ދަށުން މަގްބޫލް ބްރޭންޑް ތަކުގެ ސްމާޓްފޯނާއި އެކްސެސަރީޒް، 80 ޕަސަންޓާ ހަމައަށް ބޮޑެތި ޑިސްކައުންޓްތަކާއި އެކު މާކެޓްގައި ލިބެންހުރި އެންމެ ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގަނެވޭނެ ކަމަށެވެ. އަދި މި ސޭލްގައި ކަސްޓަމަރުންނަށް މަގުބޫލު ބްރޭންޑްތަކުގެ ސްމާޓްފޯނާއި އެކްސެސަރީޒްތައް ކޮންމެތާކުން، ކޮންމެވަގުތަކު ވެސް ގަނެގެން ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް މުޅިން ހިލޭ ޑެލިވާ ކޮށްދޭނެ ކަމަށް އުރީދޫން ބުނެއެވެ.
ޖުލައި މަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގައި، އައިފޯން، އެޕަލް ވޮޗް، އެއާޕޮޑްސް، ސެމްސަންގް ފޯނު އަދި ގަޑީ ގެ އިތުރުން ވާވޭ ގެ މަގްބޫލް ފޯނުތައް ގަނެވޭނެ ކަމަށާއި މި ޕްރޮމޯޝަންގެ ދަށުން ލިބެންހުރި ޑިވައިސްތައް، މޫލީ ވެބްސައިޓް އަދި އުރީދޫ އެޕުގައި "މޫލީ އަގު ހެޔޮ ސޭލް" ސެކްޝަނުން ފެންނަން ހުންނާނެ ކަމަށް އުރީދޫން ބުނެއެވެ.
އުރީދޫން ބުނީ، މި ސޭލަކީ މެދުވެރިކޮށް ފޯނު، އެއާޕޮޑް ނުވަތަ ގަޑި އަޕްގްރޭޑް ކޮށްލަން ބޭނުންވާ ހުރިހާ ފަރާތްތަކަށްވެސް ރަނުގެ ފުރުސަތެއް ކަމަށެވެ. ފުޅާވަމުން އަންނަ އޮންލައިންކޮށް ވިޔަފާރިކުރެވޭ ޕްލެޓްފޯމް މޫލީ މެދުވެރިކޮށް ފުރިހަމަ ޑިޖިޓަލް ޝޮޕިން އެކްސްޕީރިއެންސް އެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމުގެ ގޮތުން، އޮންލައިން ޕޭމަންޓް، އީޒީ ރިޓަރންސް އަދި މުޅި ރާއްޖެއަށް ހިލޭ ޑެލިވަރީގެ ހިދުމަތް ވެސް މޫލީއިން ފޯރުކޮށްދެމުންދާ ކަމަށް އުރީދޫން ބުނެއެވެ.
އުރީދޫން ބުނީ، މި ޕްލެޓްފޯމްގެ ހާއްސަ އަނެއްކަމަކީ، ކުދި ވިޔަފާރިތަކާއި އޮންލައިން ރީޓެއިލަރުންނަށް، ފަސޭހަކަމާއި އެކު ކުރިޔަށްވުރެ ގިނަ ކަސްޓަމަރުންނާއި މުއާމަލާތް ކުރުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ. މި ހިދުމަތްތަކާއެކު، ރާއްޖޭގެ އެކި ހިސާބުތަކަށް ވިޔަފާރިތަކުން ޕްރޮޑަކްޓްތައް ފޯރުކޮށްދިނުމުގެ ފުރުސަތު ފަހިވެފައިވާ ކަމަށް އުރީދޫން ބުނެއެވެ.
ވިޔަފާރި އޮންލައިންކޮށް، އިތުރަށް ފުޅާކޮށް އަދި ގިނަ ކަސްޓަމަރުންނަށް ހިދުމަތްދޭން ބޭނުންވާ ކޮންމެ ފަރާތަކަށް ވެސް މޫލީއިން އެފުރުސަތު ހުޅުވާލާފައިވާއިރު އިތުރު ފަރާތްތަކުން މޫލީ އާ ގުޅެމުންދާއިރު، މި ޕްލެޓްފޯމް އޮތީ ކުރިޔަށް ވުރެ ގިނަ ކަސްޓަމަރުންނަށް، ކުރިޔަށް ވުރެ ތަފާތު ގިނަ އުފެއްދުންތަކެއް ފޯރުކޮށްދިނުމަށް ތައްޔާރުވެގެން ކަމަށް އުރީދޫން ބުނެއެވެ.