ސިޔާސީ މައިދާނަށް އަލަށް ނިކުމެ ވަޑައިގެން އުޅުއްވާ ބޭފުޅުންނާ ސިޔާސީ މީހުން ވެރިކަމަށް އަމާޒު ހިފާފައިވަނީ ސަރުކާރުން ގެންނަ ތަރައްގީ ފެނި އެކަމުގެ މަންފާ ހޯދުމަށް ކަަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ފ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ނިލަންދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ މީގެ ކުރިން ނުކުރެވި ހުރިކަންކަން ފައިސާ ހޯދައިގެން ކުރައްވަމުން އަންނަކަމަށާއި އޭގެ ނަތީޖާ ރަށްރަށުން ފެންނަމުންދާ ކަމަށެވެ. އަދި އެކަން ރާއްޖޭގެ ސިޔާސީ ބޭފުޅުން ވެސް ޤަބޫލުކުރައްވާކަން ފާހަގަކޮށް ރައީސް ވިދާޅުވީ ސަރުކާރުން ގެންނަ ގިނަ ބަދަލުތައް ފެނި އޭގެ ނަފާ ހޯދުމުގެ ބޭނުމުގައި ސިޔާސީ ބައެއް ބޭފުޅުން ވެރިކަމަށް އަމާޒު ހިފާފައިވާކަަމަށެވެ.
އެންމެ ބޮޑު އަމާޒަކީ ސިޔާސީ ހިޔާލުތަފާތުވުންތައް ހުރި ނަމަވެސް، ހަމަޖެހުމާއެކު އެކުގައި ކުރިއަށް ދެވޭނެ ގޮތްތައް ހޯދުންކަން ފާހަގަކޮށް ރައީސް ވިދާޅުވީ އެ މަނިކުފާނު ވެރިކަމަށް ވަޑައިގެންނެވި އިރު މި ގައުމުގައި ހަމަޖެހުމެއް އަދި ސުލްހަވެރިކަމެއް ނެތްކަމަށެވެ. "ގައުމު އޮތީ ބިރުވެރިކަމެއްގެ ތެރޭގައި ގައުމު އޮތީ، އަޅުގަނޑުމެންގެ އެންމެ މުހިންމު ކަމަކަށްވީ މުޅި ރާއްޖޭގައި ހަމަޖެހުން ގާއިމް ކުރުން. އެންމެން އެކީގައި އުޅެވޭނެ ގޮތެއް ހެދުން. ސިޔާސީ ވިސްނުން ތަފާތު ވިޔަސް އެކުގައި އުޅެވޭނެ ގޮތެއް ހޯދަން" ވެރިކަމަށް ވަޑައިގެން އިސްކަންދެއްވި ކަންތައްތައް ހާމަކުރައްވަމުން ރައީސް ވިދާޅުވިއެވެ.
އެއްވެސް ރަށެއް ބާކީނުކޮށް ތަރައްގީގެ މަސައްކަތްތައް ކުރިއަށް ގެންދާކަން ހާމަކުރައްވަމުން ރައީސް ވިދާޅުވީ އެކިއެކި ކަންކަމަށް މާލެއަށް ދާ ދިއުން މަދުކުރުމަށް، ރަށްރަށަށް ބޭނުންވާ ޒަރޫރޫ ބޭނުންތައް ފުއްދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށެވެ. މި ގޮތުން އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ އަަސާސީ ބޭނުންތައް ފުއްދައިދިނުން ކަން ފާހަގަކޮށް ރައީސް ވިދާޅުވީ ވަކިވަކި މައްސަލަތައް ހައްލު ކުރެވިއްޖެ ނަމަ ކުރިއަށް އަންނަ އޮތް ޖީލު ރަށުގައި ދިރިއުޅެން ވިސްނާނެ ކަމަށެވެ. އަދި މި ކަމުގެ ސަބަބުން ތަފާތު ބޮޑު ބަދަލުތަކެއް އަންނާނެކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ނިލަންދޫ ފެނާ ނަރުދަމާގެ މަޝްރޫއަށްފަހު މަގު ހެދުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެކަމަށެވެ.
ދެން މިހާރުވެރިކަމުގާ ހުންނެވި ސޯލިހު ވެރިކަންހޯދަން ތިއުޅެނީ ހަމަނޭވާވެސް ނުލާ ކީވެ