މިދިޔަ އަހަރުތެރޭގައި ޖުމްލަކޮށް ދުވާލަކު އިންޓަނެޓް އަދި މޮބައިލް ބޭންކިން މެދުވެރިކޮށް 232،000 އަށް ވުރެ ގިނަ މުއާމަލާތް ކޮށްފައިވާ ކަމަށް ބީއެމްއެލްއިން ބުނެފިއެވެ.

ބީއެމްއެލްއިން ބުނީ ބޭންކިން ހިދުމަތް ފުޅާކުރުމަށް މެދުކެނޑުމެއްނެތި ބީއެމްއެލްއިން ކުރަމުންދާ މަސައްކަތާއި ފަސޭހައިން ހިދުމަތް ލިބޭނެ މަގުފަހިވެފައި އޮތްކަމީ 2022 ވަނަ އަހަރު 25،000 އަށް ވުރެ ގިނަ ކަސްޓަމަރުން އަލަށް ބީއެމްއެލްއާ ގުޅުނު މުހިންމު އެއް ސަބަބު ކަމަށެވެ. އަދި ދުވާލެއްގެ މައްޗަށް 2 މިލައަނަށް ވުރެ ގިނަ މޯބައިލް ބޭންކިން ލޮގިން ރިކޯޑް ކުރެވިފައިވާއިރު ފާއިތުވި އަހަރު އިންޓަނެޓް ބޭންކިން މެދުވެރިކޮށް 85 މިލިއަނަށްވުރެ ގިނަ މުއާމަލާތްކޮށްފައިވާ ކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ.

ބީއެމްއެލް އޭޓީއެމްގެ ހިދުމަތަކީވެސް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކަސްޓަމަރުން ބަރޯސާވާ މުހިންމު ހިދުމަތަކަށްވާއިރު މިދިޔަ އަހަރު ނިމުނުއިރު ރާއްޖޭގައި 182 އޭޓީއެމް ގާއިމްކޮށްފައިވާ ކަމަށް އެ ބޭންކުން ބުނެއެވެ.

ބީއެމްއެލްއިން ބުނީ އޭގެ ތެރެއިން 141 އޭޓީއެމްއަކީ ބީއެމްއެލް އިން ގާއިމްކޮށްފައިވާ އޭޓީއެމްތަކެއް ކަމަށާއި ފާއިތުވި އަހަރު ބީއެމްއެލްގެ ކަސްޓަމަރުން ވަނީ 14 މިލިއަނަށް ވުރެ ގިނަ މުއާމަލާތް އޭޓީއެމް މެދުވެރިކޮން ކޮށްފައި ކަމަށެވެ. އައި ދުވާލެއްގެ ނިސްބަތުން ބަލާއިރު ޖުމްލަކޮށް 39،000 މުއާމަލާތް ކޮށްފައިވާ ކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ.

ބީއެމްއެލްއިން ބުނީ މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް 87 ސެލްފްސާވިސް ބޭންކިން ސެންޓާ 143 އޭޓީއެމާއި 200އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ކުންފުނިން ބުނެއެވެ.