1 ލައްކަ ރުފިޔާގެ ފައިސާގެ އިނާމު ލިބޭ ޕަބްޖީ ޗެމްޕިއަންޝިޕްއަށް ކޮލިފައިވުމުގެ ފަހު ފުރުސަތު ހުޅުވާލައިފިއެވެ.
އުރީދޫ މޯލްޑިވްސް ޕަބްޖީ ޗެމްޕިއަންޝިޕްގެ ވައިލްޑް ކާޑް ރައުންޑްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ރަޖިސްޓާވުމުގެ ފުރުސަތު އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށް އުރީދޫއިން ބުނެއެވެ.
މި ފުރުސަތަކީ ޕަބްޖީ ޗެމްޕިއަންޝިޕް އަށް ކޮލިފައިވުމަށް ލިބޭ ފަހު ފުރުސަތު ކަމަށްވާއިރު ވައިލްޑް ކާޑް ގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އަންނަ ބުރާސްފަތި ދުވަހުގެ 12 ގެ ކުރިން މި ޕޯޓަލް މެދުވެރިކޮށް ރެޖިސްޓާ ވެވޭނެއެވެ. އަންނަ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމުތަކުން ރަޖިސްޓްރޭޝަން ފީގެ ގޮތުގައި 250 ރުފިޔާ ދެއްކުމުގެ އިތުރުން ޓީމް މެމްބަރުންގެ މައުލޫމާތާއި ޓީމް ލޯގޯ ހުށަހަޅަން ޖެހޭނެއެވެ.
އުރީދޫއިން ބުނިގޮތުގައި އަންނަ ޖޫން މަހު ބާއްވާ ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕް ވައިލްޑް ކާޑް އަކީ 1 ލައްކަ ރުފިޔާގެ ގްރޭންޑް ޕްރައިޒް ޕޫލަކާއެކު ރާއްޖޭގެ އެންމެ ބޮޑު ޕަބްޖީ ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ހޯދައިދޭ އެންމެ ފަހުގެ ކޮލިފައިންގް ޓޯނަމަންޓް ކަމަށެވެ.
މިދިޔަ އަހަރުން ފެށިގެން ކޮންޓެންޑާ ކޮލިފައިންގް ސިލްސިލާއެއް ބާއްވާ މިހާރު 9 ޓީމަކުން އުރީދޫ ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ޖާގަ ހޯދާފައިވާކަން ފާހަގަކޮށް އުރީދޫއިން ބުނީ ބައިވެރިވުމަށް ޝައުގުވެރިވާ ގޭމަރުން ވައިލްޑް ކާޑުގައި ވާދަކޮށް އުރީދޫ ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕްގެ އޮފިޝަލް ޓޯނަމަންޓް ގައި ވާދަކުރެވޭނެ ކަމަށެވެ.
އުރީދޫ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕްއަކީ 1 ރުފިޔާ ގެ ޕްރައިޒް ޕޫލަކާ އެކު ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ޕަބްޖީ މުބާރާތެވެ. އަދި މި މުބާރާތުގައި ޖުމްލަ 16 ޓީމުން ވާދަކުރާއިރު 9 ޓީމަކުން މިހާރު ވަނީ މުބާރާތުން ޖާގަ ހޯދާފައެވެ. ވައިލްޑް ކާޑްގައި ވާދަ ކުރާ ޓީމުތަކުގެ ތެރެއިން އެންމެ ގަދަ 7 ޓީމަކަށް ބާކީ ހުރި ޖާގަ ލިބިގެންދާނެއެވެ.