ގެސްޓްރައިޓިސް އަކީ ބަނޑުތެރޭގައި އިންފްލަމޭޝަން އާއި ރަތްކަން އުފެދޭ ހާލަތްތަކަށް ކިޔާ ލަފުޒެކެވެ. ބަނޑުގައި އެކުލެވިގެންވާ ބައިލް ނަމަކަށް ކިޔާ ވަރުގަދަ އެސިޑެއްގެ ސަބަބުން، ބަނޑުގެ ލައިނިން އަކީ އާންމުގޮތެއްގައި އިންފްލެމޭޝަން ތަކަށް ކޮންމެވެސް ވަރެއްގެ ސަލާމަތެއް ލިބޭ އެއްޗެކެވެ. ނަމަވެސް ގެސްޓްރައިޓިސްގެ ސަބަބުން އަންނަ ބަދަލުތައް ދާއިމީ އަލާމާތް ތަކަށް ބަދަލުވެގެން ގޮސްދާނެއެވެ.

ގެސްޓްރައިޓިސްގެ އަލާމާތްތައް އެކި މީހުންނަށް ތަފާތުވެދާނެއެވެ. ބައެއް މީހުންނަށް ބޭރުފުށުގެ އަލާމާތްތައް ނުފެނުނު ނަމަވެސް އިންވާޑް ގެސްޓްރިކް މިއުކޯސަލް އަށް ބަދަލުތަކެއް އަންނާނެއެވެ.

އަލާމާތްތައް ތަފާތުވަނީ އެކިއުޓް (ކުއްލިއަކަށް ފެށުން) ނުވަތަ ކްރޮނިކް (ދިގު މުއްދަތަކަށް) ގެސްޓްރައިޓިސް ދިމާވާނަމައެވެ.

އެކިއުޓް ގެސްޓްރައިޓިސް

އެކިއުޓް ގެސްޓްރައިޓިސް ދިމާވަނީ ބަލީގެ އަލާމާތްތައް ކުއްލިއަކަށް ފެށުމުންނެވެ. އެކިއުޓް ގެސްޓްރައިޓިސްގައި އާންމުކޮށް ފެންނަ އަލާމާތްތަކުގެ ތެރޭގައި ކާހިތް ނުވުން، މޭ ނުބައި ކުރުން، ހޮޑުލެވުން، ބަރުދަން ލުއިވުން ހިމެނެއެވެ. މީގެ އިތުރުން މައިބަދައިގައި ރިއްސުމާއި، ނުކައި ހުރިނަމަވެސް ބަނޑުފުރިފައިވާ ކަހަލަ އިހުސާސް ކުރުވަފާނެއެވެ.

ގެސްޓްރައިޓިސްގެ ސަބަބުން އަލްސާ ނަމަކަށް ކިޔާ ބަނޑުގެ ފަށަލައަށް އެކިވަރުގެ އަނިޔާތައް ލިބެއެވެ. މި އަލްސަރުތަކުގެ ސަބަބުން ލޭ އައިސް، އިތުރު އަލާމާތްތައް ދިމާވެދާނެއެވެ. އެއާ ގުޅިގެން ދިމާވެދާނެ އަލާމާތްތަކުގެ ތެރޭގައި، ފަސޭހައިން ވަރުބަލިވުމާއި، ބޮޑުކަމުދާއިރު ލޭ އައުމާއި، ނޭވާ ކުރުވުމާއި ހޮޑުލާއިރު ލޭ އައުން ހިމެނެއެވެ.

ކްރޮނިކް ގެސްޓްރައިޓިސް

ޒަމާނުއްސުރެ ތަކުރާރުކޮށް ބޭސްކައި، އާންމުކޮށް ބަލިވާނަމަ، ކްރޮނިކް ގޭސްޓްރައިޓިސްވެ، ގިނަ އަލާމާތްތަކެއް ކުރިމަތިވެދާނެއެވެ. ގެސްޓްރައިޓިސް ހުންނަ އެކި މީހުންނަށް ދިމާވާ އަލާމާތްތައް ތަފާތުވެދާނެއެވެ. ނަމަވެސް ތިރީގައި މިވަނީ އާންމުކޮށް ދިމާވާ ބައެއް އަލާމާތްތަކެވެ.

  • ހިމަޓޮލޮޖިކަލް ޑިސްއޯޑާސް: ކްރޮނިކް ގެސްޓްރައިޓިސްގެ ސަބަބުން ދަގަނޑު ފަދަ ނިއުޓްރިއެންޓްތައް ހަށިގަނޑުގައި ހިފެހެއްޓުމުގައި މައްސަލަތައް ކުރިމަތިވެއެވެ. ނަތީޖާއެއްގެ ގޮތުން ދަގަނޑު މަދުވެ، އެނީމިއާ ކުރިމަތިވެދާނެއެވެ.
  • ބަނޑުގެ ބަޔޮޕްސީއަށް އަންނަ ސެލް ބޭސްޑް ހެޔޮ ބަދަލުތައް: ގެސްޓްރައިޓިސް ދެނެގަނެވޭނެ އެންމެ ހަރުދަނާ އެއް ގޮތަކީ އެންޑޮސްކޯޕަކުން ބަނޑުގެ ލައިނިން ބެލުމާއި ބަނޑުގެ ލައިނިންގެ ޓިޝޫ ސާމްޕަލް (ބަޔޮޕްސީ) ނެގުމެވެ. ބަޔޮޕްސީގެ ލެބޯޓްރީގެ ނަތީޖާއިން އާންމުކޮށް ކްރޮނިކް ގެސްޓްރައިޓިސް ދިމާވާ އެޗް ޕައިލޯރީ ހުރިކަން އެނގޭނެއެވެ.
  • ވިޓަމިން ބީ12 މަދުވުން: ކްރޮނިކް ގެސްޓްރައިޓިސްގެ ސަބަބުން ވިޓަމިން ބީ12 ހަށިގަނޑުގައި ހިފެހެއްޓުމުގެ ގާބިލުކަމަށް އަސަރުކުރެއެވެ. ވިޓަމިން ބީ12 މަދުވުމުން ނޭވާލާން އުނދަގޫވުމާއި، ވަރުބަލިވުމާއި، މަސްތައް ބަލިކަށިވުމާއި، ކާހިތް ނުވުމާއި ހިތުގެ ތެޅުން އަވަސްވުން އެކަށީގެންވެއެވެ.

ކްރޮނިކް ގެސްޓްރައިޓިސް ހުންނަ ގިނަ މީހުން އޮޓޮއިމިއުން ޑިސްއޯޑާ ވެސް ހުރެއެވެ. މިސާލަކަށް ހާޝިމޯޓޯގެ ތައިރޮއިޑައިޓިސް (ތައިރޮއިޑް ހޯމޯން ދަށްވުން) ހުންނަ މީހުންނަށް އާންމުގޮތެއްގައި ކްރޮނިކް ގެސްޓްރައިޓިސް ކުރިމަތިވެއެވެ.

ކުޑަކުދިންގެ ކިބައިން ފެންނަ އަލާމާތްތައް

ބޮޑެތި މީހުންނަށް ދިމާވާ ފަދައިން ކުޑަކުދިންނަށް ވެސް ގެސްޓްރައިޓިސް ޖެހިދާނެއެވެ. މި ބަލީގެ ސަބަބުން ކުޑަކުދިންގެ ކިބައިން ފެންނަ އަލާމާތްތަކުގެ ތެރޭގައި ބަނޑުގައި ފެން ގިނަވެ ބަނޑު ފުއްޕުން، މޭ ނުބައިކޮށް ހޮޑުލެވުން އަދި ބަނޑުގައި ރިއްސުން ހިމެނެއެވެ.

އާދައިގެ ބަނޑު އިންފެކްޝަނެއް ޖެހުނަސް ފެންނާނީ މިފަދަ އަލާމާތްތައް ކަމުން، ގެސްޓްރައިޓިސްތޯ ދެނެގަންނަށް އުނދަގޫވެދާނެއެވެ. އެޗް ޕައިލޯރީ އަކީވެސް ކުޑަކުދިންނަށް ގެސްޓްރައިޓިސް ޖެހުމަށް ދިމާވާ މައިގަނޑު އިންފެކްޝަނެކެވެ.

ގެސްޓްރައިޓިސްއާ ގުޅުންހުރި ލޭ އައުމުގެ އަލާމާތްތައް ފެނިއްޖެނަމަ ލަސްނުކޮށް ސިއްހީ މާހިރެއްގެ ކިބައިން ފަރުވާ ހޯދާށެވެ. އަދި ކުއްލިއަކަށް ބަނޑު ސަކަރާތްވުމާއި، މާ ގިނައިން ހޮޑުލެވޭނަމަވެސް އަވަހަށް ޑޮކްޓަރަށް ދައްކާށެވެ. މިއީ އިތުރު ތަހުލީލުތައް ކުރަން ޖެހޭ ގެސްޓްރައިޓިސްގެ ނިޝާންތަކަކަށް ވެސް ވެދާނެއެވެ. ބަނޑުގައި ރިއްސުމާއި ލޭ އައުން ފަދަ މައްސަލަތައް ދިމާވެއްޖެ ނަމަ ގެސްޓްރައިޓިސް ސީރިއަސް ވެދާނެއެވެ.

ފަރުވާ ނުކޮށް ދޫކޮށްލައިފިނަމަ އެތައް އަހަރެއް ވަންދެން ބަލި ދެމިއޮވެދާނެއެވެ. ގެސްޓްރައިޓިސްގެ މުއްދަތު ބަރޯސާވާނީ، ގެސްޓްރައިޓިސް ދިމާވި ސަބަބާއެވެ. މާ ކުޅިކޮށް ކައި، ފިޒީ ބުއިންތައް މާ ގިނައިން ބޯނަމަ، ގެސްޓްރައިޓިސްގެ އަލާމާތްތައް ގޯސްވެދާނެއެވެ.