80 މިލިއަނަށްވުރެ ގިނަ ކްރެޑެންޝަލްސް (ސައިޓްތަކަށް ލޮގިން ވުމަށް ބޭނުންކުރާ މައުލޫމާތު ލޮގިން ޑީޓެއިލްސް) ހުރި ސައިބަ ކްކްރައިމް ވެބްސައިޓް އަދިވެސް ދަނީ ހަރަކާތްތެރި ވަމުންނެވެ.
އެއެތައް ބައެއްގެ ލޮގިން ތަފްސީލާއި އައިޕީ އެޑްރެސް އަދި ވަގަށް ނަގާފައިވާ މީހުންގެ ޒާތީ މައުލޫމާތު ވިއްކާ މި ސައިޓް؛ ޖެނެސިސް މާކެޓު ބަންދުކުރިކަމަށް މީގެ ކުރިން ފުލުހުން ވަނީ އިއުލާނުކޮށްފައެވެ. އެގޮތުން މިދިޔަ މަހު ބައިނަލްއަގުވާމީ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ވަނީ ޖެނެސިސް މާކެޓް ހިފަހައްޓައި، މެއިންސްޓްރީމް އިންޓަނެޓުން ޑިލީޓްކޮށްފައިވާ ކަން އިއުލާން ކޮށްފައެވެ. ނަމަވެސް ޑާކްނެޓް އިން ފެންނަނީ އަދިވެސް މި މާކެޓް އޮތީ އޮންލައިންކޮށް ކަމަށެވެ.
މިދިޔަ ހޯމަ ދުވަހު އެ މާކެޓް އިން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އަދިވެސް އެ މާކެޓް އޮތީ "މުޅިން ފަންކްޝަނަލް" ކޮށް ކަމަށެވެ.
ޖެނެސިސް މާކެޓަކީ ލޮގިން ތަފްސީލާއި އައިޕީ އެޑްރެސް ވިއްކުމާއި ވިކްޓިމްގެ ޑިޖިޓަލް ފިންގަޕްރިންޓް ހަދާ ކުކީ ޑޭޓާ ބްރައުޒް ކުރުމަށް ހާއްސަ ނުރައްކާތެރި ވެބްސައިޓެއްގެ ގޮތުގައި ފުލުހުން ސިފަކުރެއެވެ.
އެފްބީއައި އާއި ނެދަލެންޑްސްގެ ފުލުހުން އިސްނަގައިގެން ހިންގި އޮޕަރޭޝަން ކުކީ މޮންސްޓާ އިއުލާނުކުރީ އޭޕްރީލް މަހުގެ ފަސް ވަނަ ދުވަހުއެވެ.
ސައިބާ ސެކިއުރިޓީ ކުންފުނި ނެޓޭސިއާގެ ސައިންސްވެރިން ދަނީ މާކެޓުގެ ޑާކްނެޓް ވާޝަން މޮނިޓާ ކުރަމުން ކަމަށާއި ވެބްސައިޓަށް ބުރޫ އަރާފައިވަނީ ގާތްގަނޑަކަށް ދެ ހަފުތާ އަށް ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
"ސައިބާ ކްރައިމް އޮޕަރޭޝަންތައް ނައްތާލުމަކީ ގަސްގަހާގެހި ނައްތާލުން ފަދަ ކަމެއް. އެއްވެސް އަސްލެއް ދޫކޮށްލައިފިނަމަ އަލުން ފެންނާނެ" ނެޓޭސިއާގެ ޕްރިންސިޕަލް ސެކިއުރިޓީ ރިސާޗަރު ސިރިލް ނޯއެލް-ޓަގޯ ބުންޏެވެ. އޭނާ ވަނީ މާކެޓުގެ މެއިންސްޓްރީމް އިންޓަނެޓް ވާޝަން އަތުލައިގަތުމުން ފުލުހުންނަށް ތައުރީފު ކުރައްވައި، އެ އޮޕަރޭޝަނަކީ ވަރަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިވި އޮޕަރޭޝަނެއް ގޮތަށް ފާހަގަކޮށްފައެވެ.
އޭގެ ފަހުން ކްރިމިނަލް އެޑްމިނިސްޓްރޭޓަރުން ވަނީ އެ މީހުންގެ ސްޕެޝަލިސްޓް ހެކިން ބްރައުޒާގެ އާ ވާޝަނެއް ނެރެ، ހެކްކުރި ޑިވައިސްތަކުން ޑޭޓާ އެއްކުރަން އަލުން ފަށައި، 2000 އަށް ވުރެ ގިނަ އާ ވިކްޓިމް ޑިވައިސްތައް ބާޒާރަށް އާންމުކޮށްފައެވެ.
ޖެނެސިސް މާކެޓްގައި ވިއްކާ ބައެއް ހެކިން ޓޫލްސްތައް ހުއްޓުވުމަށް ފުލުހުންނަށް އެހީތެރިވި ސައިބާ ސެކިއުރިޓީ ކުންފުނި ޓްރެލިކްސްގެ ތަޖުރިބާކާރުން ބުނީ ވެބްސައިޓުގެ ލީޑަރުން އަދިވެސް ތިބީ ފިލައިގެން ކަމަށެވެ.
ޖެނެސިސް މާކެޓް ބަންދުކުރި އިރު ޑާކްނެޓް ސައިޓް އޮންލައިންކޮށް ބެހެއްޓުމާ ބެހޭ ގޮތުން ފުލުހުން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
އޭގެ ފަހުން އެފްބީއައިގެ ތަރުޖަމާނަކު ބުނީ ޖެނެސިސް މާކެޓްޕްލޭސް ފަދަ ހިދުމަތެއް ބޭނުންކުރާ މީހުންނަށް އިންސާފު ލިބޭނެ ގޮތް ހެދުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށެވެ.
އިނގިރޭސިވިލާތުގެ ނޭޝަނަލް ކްރައިމް އެޖެންސީން ބުނަމުން ދަނީ މި އޮޕަރޭޝަންގެ ސަބަބުން ސައިބާ ކުށްވެރިންނަށް ވަރަށް ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށެވެ.
"ސައިޓުގެ ޑާކް ވެބް ވާޝަނެއް އެކްޓިވް ނަމަވެސް ވަގަށް ނަގާފައިވާ ޑޭޓާ އާއި ބޭނުންކުރާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް މަދުކުރެވިފައި. މި އޮޕަރޭޝަނުގެ ސަބަބުން ޖެނެސިސް މާކެޓުގެ އިތުބާރު ގެއްލުނު ކަމާމެދު ޝައްކެއް ނުކުރަން" އެންސީއޭގެ ނޭޝަނަލް ސައިބާ ކްރައިމް ޔުނިޓްގެ ޑެޕިއުޓީ ޑިރެކްޓަރު ޕޯލް ފޮސްޓާ ބުންޏެވެ.
އަދި މެއިންސްޓްރީމް އިންޓަނެޓުން ބާޒާރު ނައްޓާލުމުން މާކެޓްޕްލޭސްގެ ވިޒިބިލިޓީ ދަށްކުރުމުގެ އިތުރުން، ސައިޓް ބޭނުންކުރަން ވިސްނާ ހެކަރުންނަށް ފިނި އަސަރުތަކެއް ކުރާނެ ކަމަށް ފުލުހުންނާއި ގިނަ ތަޖުރިބާކާރުން އެއްބަސްވެއެވެ.
ދުނިޔޭގެ ބައެއް އެޖެންސީތަކުން ވަނީ ވެބްސައިޓް ބަންދުކުރިކަން ފާހަގަކޮށް 119 މީހަކު ހައްޔަރުކުރިކަން ފާހަގަކޮށްފައެވެ. ނަމަވެސް ހައްޔަރުކުރި މީހުންގެ ތެރެއިން ދައުވާ އުފުލާނީ ކިތައް މީހުންނަށް ކަމެއް ސާފެއް ނުވެއެވެ. އެންސީއޭ އިން ބުނީ އިނގިރޭސިވިލާތުން ހައްޔަރުކުރި 30 މީހުންގެ ތެރެއިން މިހާތަނަށް ކުށެއްގެ ދައުވާ އުފުލާފައި ވަނީ އެންމެ މީހެއްގެ މައްޗަށް ކަމަށެވެ.
މާކެޓްޕްލޭސްގެ ނިއުސް ޕޭޖުގައި އަދިވެސް ޔޫޒަ ކޮމެންޓްތައް އަންނަނީ މަދު އަދަދަކަށް ޕޯސްޓް ކުރަމުންނެވެ.
ޑާކްނެޓުގައި ހޯސްޓްކުރާ ޖިނާއީ ކުށްތަކުގެ ވެބްސައިޓްތައް ނައްތާލުމަށް އުނދަގޫ ވަނީ އެ ވެބްސައިޓްތަކުގެ ސާވާތައް ހުންނަ ތަނަކީ ގިނަ ފަހަރަށް ހޯދަން އުނދަގޫ ނުވަތަ ރަޝިއާ ފަދަ ހުޅަނގުގެ ގާނޫނު ތަންފީޒުކުރާ ފަރާތްތަކުގެ އެދުމަށް އިޖާބަނުދޭ ތަންތަނަށް ވާތީއެވެ.
ޖެނެސިސް މާކެޓަށް ހުއްދަ ދީފައިވާ އެމެރިކާގެ ޓްރެޒަރީއިން ގަބޫލުކުރާ ގޮތުގައި އެ ތަން ހިންގަނީ ރަޝިޔާއިންނެވެ. ޔަގީންކަމާއެކު ނޭނގުނު ނަމަވެސް މި ސައިޓުގައި ރަޝިއާ އަދި އިނގިރޭސި ތަރުޖަމާތައް ހިމެނެއެވެ.
މަސްތުވާތަކެތީގެ ސައިޓްތައް ކަމަށްވާ މޮނޮޕޮލީ އާއި ހައިޑްރާ ފަދަ ބައެއް ޑާކްނެޓް މާކެޓްތައް މުޅިން ނައްތާލުމުގައި ފާއިތުވި އަހަރު ފުލުހުން ވަނީ ކާމިޔާބީތައް ހޯދާފައެވެ.
ރަޝިއާ ބަހުގެ ސައިޓް ހައިޑްރާ އަކީ ދުނިޔޭގައި އެންމެ ބޮޑު އާމްދަނީއެއް ލިބުނު ޑާކް ވެބް މާކެޓަކަށް ވީއިރު، އެއީ ރަޝިއާގައި ހުންނަ ވެބް މާކެޓެއް ކަމަށް ބެލެވުނު ނަމަވެސް ހަގީގަތުގައި ޖަރުމަނުގައި ހޯސްޓް ކުރި ސައިޓެއް ކަމުން ޖަރުމަނުގެ ގާނޫނު ތަންފީޒުކުރާ ފަރާތްތަކަށް އެސައިޓް ބަންދު ކުރުމުގެ ފުރުސަތު ލިބުނެވެ.