ދާދި ފަހުން ޗުއްޓީ އަކަށް ސައުދީއަށް ގޮސްގެން ކްލަބުން މައްސަލަ ޖެއްސި އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ ސައުދީގެ ޓީމަކަށް ދާން ނިންމައިފި ކަމަށް އޭނާގެ ގާތް މީހަކާ ހަވާލާދީ އޭއެފްޕީން ރިޕޯޓް ކޮށްފިއެވެ.

ދާ އަދަދެއް އަދި ދާ ކްލަބެއްވެސް ހާމަ ކޮށްފައި ނުވާ އިރު އޭނާ ދަނީ ވާދަވެރި ފްޓްބޯލަ ތަރި ކަރިސްޓިއާނޯ ރޮނާލްޑޯ ހުރި ޓީމަށް ނޫން ކަމަށް ވެސް އެ މީޑިއާ އިން ބުނެފައި ވެއެވެ.

މިފަހަރުގެ ވޯލްޑްކަޕް އުފުލާލި އުމުރުން 35 އަހަރުގެ މެސީ، ދާނީ "ބޮޑު ސިންގާ ފީއަކަށް" ކަމަށް މަޝްވަރާ ތަކުގައި ބައެވެރިވާ ފަރާތަކާ ހަވާލާދީ ބުނެފައި ވެއެވެ.

"ޑީލް ހަދައިފި، އަންނަ ސީޒަންގައި މެސީ ކުޅޭނީ ސައުދީގައި" ނަން ހާމަ ނުކުރަން ޝަތުރު ކޮށް އޭއެފްޕީއާ ވާހަކަ ދެއްކި މީހާ ބުބެފައި ވެއެވެ. އޭނާ އާ ހަވާލާދީ އެ ނޫހުން އިތުރަށް ބުނީ، ކޮންޓްރެކްޓްގައި ހުރި ބައެއް ކަންކަން ފައިނަލް ކޮށްލުން ކުރިއަށް ދާ ކަމަށާއި ޑީލް އޮތީ ނިމިފައި ކަމަށެވެ.

މެސީ، ސައުދީއަށް ދާ ވާހަކައިގައި އޭނާގެ މިހާރުގެ ކްލަބް ޕެރިސް އެސްޖީ އިން އެއްވެސް އެއްޗެއް އަދި ބުނެފައެއް ނުވެއެވެ. އަދި މެސީވެސް އެއްޗެއް ބުނެފައި ނުވާ އިރު އޭނާ ދާދިފަހުން ސައުދީއަށް ދިޔަ މައްސަލައިގައި ކްލަބުން ވަނީ އެ ދުވަސްތަކުގެ މުސާރަ ހިފަހައްޓާފައެވެ.

ޕީއެސްޖީން ކޮމެންޓެއް ކޮށްފައި ނުވިނަމަވެސް ޕީއެސްޖީއާ ގުޅުން ހުރި ފަރާތަކާ ހަވާލާދީ ނޫހުން ބުނެފައި ވަނީ މެސީގެ ކޮންޓްރެކްޓް ޖޫން 30 ގައި ހަމަވާނެ ކަމަށާއި، ކޮންޓްރެކްޓް އާ ކުރާނެ ނަމަ ކުރިން ކުރީސް ކަމަށެވެ. އެވާހަކައިން އިޝާރާތް ކުރަނީ އޭނާގެ ކޮންޓްރެކްޓް ޕީއެސްޖީން ދެން އާ ނުކުރާން ނިންމާފައި ވާ ކަމަށެވެ.

ތެލުގެ މުއްސަނދިކަން ލިބިފައިވާ ސައުދީ ދުނިޔެއަށް ހުޅުވާލުމަށް މުހައްމަދު ރަސްގެފާނުގެ އާ ސިޔާސަތުގެ ދަށުން، ފަރަންޖީ ޓޫރިސްޓުންނަށް ސައުދީއަށް ދެވޭ ގޮތް ހަދާ އަންހެނުންނަށް ޓެކްސީ ކުރެވޭގޮތްވެސް ވަނީ ހަދައިދީފައެވެ. މީގެ ކުރީގައި ސައުދީއަށް ޣައުރު މުސްލިމުން ފަތުރުވެރިންގެ ގޮތުގައި އެތެރެ ވުމަކީ މަނާ ކޮށްފައި އޮންނަ ކަމެކެވެ. އަދި އަންހެނުން ކާރު ދުއްވުމަކީވެސް ސައުދީގައި ކުރިން މަނާ ކަންކަމެވެ.

ދުނިޔޭގެ ބާޒާރަށް އެންމެ ގިނައިން ތެތޮ ނެރޭ ތެލުގެ އެންމެ މުއްސަނދި ކުންފުނިން ކުޅިވަރަށް ކުރާ ހަރަދު ބޮޑުތަނުން އިތުރުން ދާދި ފަހުން ގަނެގެން ގެންދިޔަ ރޮނާންޑޯ ގެންދިޔައީވެސް ރެކޯޑް އަދަދަކަށެވެ. އެއީ 439 މިލިއަން ޑޮލަރުގެ ޑީލެކެވެ. މީގެ އިތުރުން ދުނިޔޭެ ނަން މަޝްހޫރު ލިވް ގޮލްފް ޓްއާ ބޭއްވުމުގެ އިތުރުން ނިއުކާސަލް ޔުނައިޓެޑް ގަތުން ފަދަ ކަންކަމަށް އެތައް ސަތޭކަ މިލިއަނެއް ދަނީ ހޭދަ ކުރަމުންނެވެ.

ބައެއް ފަރާތްތަކުން ބުނާގޮތުން މިއީ ސައުދީއަށް އަމާޒުވެފައިވާ އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ ހުތުރު ވާހަކަތައް އޮއްބާލަން ކުރާ ހަރަދުތަކެކެވެ.