ސްޓެލްކޯ އިން ރީޑިން ނުނަގާ ބިލް ބޮޑު ކުރިކަމަށް ބުނާ ވާހަކައަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
މީޓަރުގެ ރީޑިން ނުނަގައި ސްޓެލްކޯއިން ކަރަންޓް ބިލްތައް އާދަޔާހިލާފަށް ބޮޑުކޮށްފައި ވާކަމަށް ގިނަ ބަޔަކު ތުހުމަތު ކޮށްފައި ވާއިރު މިކަމާ ގުޅިގެން ޝަރީފް ވިދާޅުވީ ސްޓެލްކޯ އިން އެއްވެސް އިރެއްގައި ބިލާ ބެހޭ ގޮތުން ސައްހަ ނޫން މައުލޫމާތެއް ހާމަކޮށްފައި ނުވާނެ ކަމަށެވެ. އަދި ޓެރިފް ރޭޓަކީ ސްޓެލްކޯއިން ކަނޑައަޅާ ކަމެއް ނޫން ކަމަށާއި ކަރަންޓު ބޭނުން ކުރުމަކީ ވެސް އެ ކުންފުނީގެ ކޮންޓްރޯލް އޮންނަ ކަމެއް ނޫންކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ޝަރީފް ވިދާޅުވީ ސްޓެލްކޯ އާ ބެހޭ ގޮތުން ދައްކަމުން ދަނީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށެވެ.
ނިމިގެން ދިޔަ އެޕްރީލް މަހުގެ ކަރަންޓް ބިލް އާދެޔާ ހިލާފަށް ބޮޑު ކަމަށް ބުނެ ގިނަ ބަޔަކު ސްޓެލްކޯ އަށް ފާޑުކިޔާފައި ވާއިރު މީގެ ކުރިން އެ ކުންފުނިން ވަނީ އެ މަހުގެ ބިލު ބޮޑުވާނެ ކަމަށް ބުނެފައެެވެ. ހޫނު ގަދަވުމުގެ ސަބަބުން ކަރަންޓް ބޭނުންކުރާ މިންވަރު އިތުރުވެ ބިލު ބޮޑުވާނެކަމަށް ސްޓެލްކޯ އިން ބުނެފައި ވާއިރު ބައެއް ގޭބީސީތަކުގެ ބިލުތައް ވަނީ ކުރީ މަސްމަހާ އަޅާބަލާއިރު ވަރަށް ބޮޑުތަނުން ބޮޑުފައެވެ.
ސްޓެލްކޯ އިން ބުނީ ކޮންމެ އަހަރެއްގެ ވެސް މި ދުވަސްވަރާ ދިމާކޮށް ކަރަންޓު ބިލު ބޮޑުވުމުގެ ޝަކުވާ އެކުންފުންޏަށް ހުށަހަޅާ ކަމަށެވެ.
ބޮޑުވަރު. ރައްޔިތުންނަކީ މޮޔައިން ކަމުގައި ހީވަނީ ދެއްތޯ. ކާލާނެ ގޮތެއް ހޯދަން ނިކަމެތި ރައްޔިތުން ފެލުމާއިގެން