އުރީދޫ މޯލްޑިވްސް އިން "ރޯދަ ކުއިޒް"ގެ ނަމުގައި ރޯދަ އަށް ހާއްސަ ކުއިޒެއް ފަށައިފިއެވެ.

ޕީސް ފައުންޑޭޝަންއާ ގުޅިގެން ރޯދަ މަހުގެ ކޮންމެ ހުކުރު ދުވަހެއްގައިވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ކުއިޒްގެ ސުވާލުތަކުގެ ޖަވާބު ދިމާ ކޮށްގެން އިނާމުތަކެއް ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެގޮތުން ކޮންމެ ހަފްތާއެއްގެވެސް ރަނގަޅު ޖަވާބު ދޭ ފަރާތްތަކުގެ މެދުން ހޮވާ ބައިވެރިއަކަށް އިނާމެއްގެ ގޮތުގައި ސެމްސަންގް ގެލެކްސީ ފިޓް 2، ގަޑިއެއް ވަނީ ކަނޑައާފައެވެ.

މީގެ އިތުރުންވެސް މި ކުއިޒްގެ އެންމެ ގިނަ ސުވާލުގެ ޖަވާބު ދިމާ ކުރާ ފަރާތަކަށް ބޮޑު އިނާމެއްގެ ގޮތުގައި އައިފޯން 14 ޕްރޯއެއް ކަނޑައަޅާފައި ވެއެވެ. ކޮންމެ ހުކުރު ދުވަހެއްގަވެސް އުރީދޫގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ސުވާލުތައް ގެނެސްދޭނެ ކަމަށާއި ރަނގަޅު ޖަވާބު ޖެހިގެން އަންނަ ދުވަހުގެ ރޭގަނޑު 23:59ގެ ކުރިން ފޮނުވަން ޖެހޭނެ ކަމަށް އުރީދޫއިން ބުންޏެވެ.

މީގެ އިތުރުންވެސް އެހެން އަހަރުތަކެކޭ އެއްފަދައިން މި އަހަރުވެސް އުރީދޫއިން އަންނަނީ ރޯދަމަހަށް ހާއްސަ އެކި ޕްރޮމޯޝަންތައް ހިންގަމުންނެވެ. މި ޕްރޮމޯޝަން ތަކާ ބެހޭ މައުލޫމާތު އުރީދޫގެ ވެބްސައިޓް މެދުވެރިކޮށް ލިބެން ހުންނާނެއެވެ.