ށ. ކޮމަންޑޫ ޝޯޕްރޮޓެކްޝަން ރެކްޓިފިކޭޝަން އާއި މަތިކޮމަންޑޫ ކަނެކްޓިވިޓީ މަޝްރޫއުގެ ދަށުން، މަސައްކަތަށް ބޭނުންވާ ޖިއޯޓެކްނިކަލް ސާވޭ މިހާރު ނިމިފައިވާކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.

އެމްޓީސީސީ އިން ބުނީ މި ސާވޭގެ ދަށުން ބްރިޖްގެ ފުންމިން ބެލުމަށްޓަކައި ބޯހޯލް ތޮރުފައިގެން ބެޑްރޮކް ލެވަލް ބެލިފައި ވާކަމަށެވެ. އަދި ސާވޭގެ ހޯދުންތަކަށް ބިނާކޮށް ބްރިޖްގެ ފައުންޑޭޝަން އެޅުމަށް މިހާރު ތައްޔާރުވަމުންދާ ކަމަށް އެމްޓީސީސީ އިން ވަނީ ބުނެފައެވެ.

ސަރުކާރުން މި މަޝްރޫއުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކުރީ ދެ އަހަރު ދުވަހުގެ ތެރޭ ނިންމާ ގޮތަށް 2022 ވަނަ އަހަރު ޖެނުއަރީ 12 ވަނަ ދުވަހުއެވެ.

މި މަޝްރޫއޫގެ ދަށުން 16.7 ހެކްޓަރުގެ ބިން ހިއްކައި 200 މީޓަރު ދިގުމިނުގެ ލިންކަކުން ކޮމަންޑޫ އަދި މަތިކޮމަންޑޫގައި ހިއްކާ ސަރަހައްދު ގުޅުވާލުން ހިމެނެއެވެ. އަދި 1690 މީޓަރުގެ ޝޯ ޕްރޮޓެކްޝަން ރެކްޓިފިކޭޝަން މަސައްކަތް ކުރުންވެސް ހިމެނެއެވެ.

މިއީ 235.75 މިލިޔަން ރުފިޔާގެ މަޝްރޫއެކެވެ.