އެއްވެސް ކުޅިވަރެއް ބާކީނުކޮށް ހުރިހާ ކުޅިވަރެއްވެސް ކުރިއެރުވުމަށް އެއް ހަމައެއްގައި މަސައްކަތްކޮށްފައިވާނެކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.
ރޭ އެކުވެނި ސިންތެޓިކް ޓްރެކްގައި ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2023 ގައި ވާހަކަދައްކަމުން މަހްލޫފް ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގެ މި ދައުރަކީ ކުޅިވަރު ދާއިރާއަށް ގިނަ ކަންތައްތަކެއްކޮށް ދެވުނު އަހަރެއްކަމަށެވެ.
މި ސަރުކާރުން ކުޅިވަރު ކުރިއެރުވުމަށް ކޮށްފައިވާ މަސައްކަތްތައް ފާހަގަކުރަމުން މަހްލޫފް ވިދާޅުވީ މިދިޔަ އަހަރު އެކަނިވެސް ކުޅިވަރުގެ ދާއިރާއަށް ގިނަ ކަންތައްތަކެއް ކޮށްދެވިފައިވާކަމަށެވެ. މި ގޮތުން މިދިޔަ އަހަރު އެކަނިވެސް ބައިނަލްއަގްވާމީ ނުވަ މުބާރާތެއްގައި ރާއްޖެއިން ބައިވެރިވެފައިވާކަމަށެވެ. އަދި ކުޅިވަރުގެ އިންފްރާސްޓަކްޗަރއަށް އެކަނި ބެލިކަމުގައިވިޔަސް މި ސަރުކާރުން ގިނަކަންކަން ކޮށްދީފައިވާނެކަމަށް މަހްލޫފު ވިދާޅުވިއެވެ.
ސްޕޯޓްސް އެވޯޑަށް ކުޅުންތެރިން ކުރާ އުއްމީދުތައް ބޮޑުކަން ފާހަގަކޮށް މަހްލޫފު ވިދާޅުވީ ހުރިހާ ކުޅިވަރެއްވެސް ޝާމިލްވާ ގޮތަށް އެއްވެސް ކުޅިވަރެއް ބާކީ ނުކުރާކަމަށެވެ.
މިނިސްޓްރު މަހްލޫފު މިހެން ވިދާޅުވެފައިވާއިރު ރާއްޖޭގެ މިހާރު އެންމެ ފޯރިއާއި އެކު ކުޅެމުން އަންނަ ފުޓްސަލް ސްޕޯޓް އެވޯޑްގައި ހިމެނިފައި ނުވާތީ ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ. އަދި ރާއްޖޭގައި ފުޓްސަލް ކުރިއަރަމުން އަންނައިރު މޮޅު ގިނަ ކުޅުންތެރިން އެ ކުޅިވަރުން ފެންނަމުންދާކަން ފާހަގަކޮށް ސްޕޯޓްސް އެވޯޑަށް އެ ކެޓަގަރީ އިތުރުކުރަން ޖެހޭކަމަށްވެސް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
ކޮބާ ފުޓުސަލް. މިހާރު އެންމެ ފޯރިގަދަ ކުޅިވަރު އެއީ.