މިދިޔަ އަހަރުގެ ފަހުކޮޅު ނެރި މި މަހު ނެޓްފްލިކްސްގައި ސްޓްރީމް ކުރަން ފެށި "ސާކަސް" އަށް ނެޓްފްލިކްސް ފިލްމުތަކުގެ ބައިން އެއްވަނައަށް ގޮއްސިއެވެ.
މި ހަފްތާގައި ޓޮޕް 10 އިން އެއްވަނަ މަގާމު ހޯދި މި ފިލްމަކީ ރަންވީރު ސިންހް އާއި ވަރުން ޝަރުމާ ލީޑު ރޯލުން ފެނިގެންދާ ފިލްމެކެވެ. މި ފިލްމު ރިލީޒްކުރިއިރު މި ފިލްމަށް މާބޮޑު ތަރުހީބެއް ލިބޭގޮތް ވަނީ ނުވެފައެވެ. ކްރިޓީކުންގެ ފާޑުކިޔުންތައް މި ފިލްމަށް އަމާޒުވިއިރު އާންމުންގެ ފާޑުކިޔުންތައްވެސް ފިލްމަށް އަމާޒުވިއެވެ. ރޯހިތު ޝެޓީ ޑައިރެކްޓްކޮށްފައިވާ މި ފިލްމު ބޮކްސް އޮފީހުގައި ނުހިގުމުގެ ސަބަބުން ނެޓްފްލިކްސް އަށް ފިލްމު ވިއްކާލިއިރު ނެޓްފްލިކްސް އިން އެންމެ ގިނަ މީހުން ބެލި ފިލްމަކަށް މި ފިލްމު ވަނީ ވެފައެވެ. މި ފިލްމަކީ މަޝްހޫރު ފްރެންޗައިޒް "ގޯލްމާލް"ގެ ޕްރީކުއަލް އެކެވެ.
މި ފިލްމަކީ ވިހެއުމަށް ފަހު ކުޑަކުދިންގެ ހިޔާ އަކަށް ބަޔަކު ހަދިޔާ ކުރާ އެއްމާބަނޑު 2 ޓްވިންސް (4 ކުދިން) އެތާ ތިބޭ ޕްރޮފެސަރުން އެކްސްޕެރިމެންޓެއް ކުރަން 2 ޓްވިންސް އޮޅުވާލައި އެކުދިން ބަލަން ބްޔަކާ ހަވާލު ކުރުމުން އަހަރުތަކެއް ފަހުން ފެނިގެން ދިމާވާ މައްސަލަތަކާއި ހަމަނުޖެހުން ދައްކުވައިދޭ ފިލްމެކެވެ. ވަރުން އާއި ރަންވީރު ބެންގަލޫރުން އޫޓީ (އިންޑިއާގެ ސިޓީ އެއް) އަށް ދަތުރުކުރީ ގިނަ އަދަދެއްގެ ފައިސާ ހިމެނޭ ދަބަހެއް ހިފައިގެންނެވެ. އެހާ ގިނަ ފައިސާ އެއްފަހަރާ ހިފައިގެން ދަތުރު ކުރަންޖެހޭތީ، ގޭންގުގެ ބައިގަނޑެއް އައިސް އެމީހުން ކިޑްނެޕްކޮށް ލާރިގަނޑު އަތުލަފާނެތީ ރަންވީރު ބިރުން އުޅޭ މަންޒަރު ފިލްމުން ފެނިގެންދެއެވެ. ނަމަވެސް ރަންވީރު އާއި ހިލާފަށް ވަރުން އުޅެނީ މާ ހަމަޖެހިގެންނެވެ.
ފިލްމުގައި އަންހެން ލީޑު ރޯލުން ފެނިގެންދަނީ ޖެކްލީން ފާނަންޑޭޒް އާއި ޕޫޖާހެޖް އެވެ. އަދި ފިލްމުގެ ހާއްސަ ފެނިލުމަކުން ދީޕިކާ ޕަޑުކޯން ވެސް ފެނިގެންދެއެވެ.
ދެން ފެންނަނީ އޫޓީގައި އެމީހުންނަށް ދިމާވާ މަޖާ ކަންތައްތަކެވެ. އެއްމާބަނޑު 2 ޓްވިސްގެ ތެރެއިން އެއްކުއްޖަކު (ރަންވީރް) އަކީ ކަރަންޓްގައި ޖެހުނަސް އޭނާ އަށް ކަރަންޓްގެ އަސަރެއް ނުކުރާ މީހެކެވެ. ނަމަވެސް އޭނާ ކަރަންޓްގައި ޖެހޭއިރު އޭނާގެ އެއްނިބޫ ދެވަނަ ރަންވީރަށް ޝޮކް އާދެއެވެ. ކަރަންޓްގެ ޝޮކް ނާންނަ ރަންވީރަކީ ސާކަސް ކުޅޭ މީހަކަށް ވާއިރު، ފިލްމު ނިމުމާ ހަމައަށް ދާން ވަންދެން އެކަކު އަނެކަކަށް ނުފެނި އެހެނަސް ޝޮކް ޝެއާ ކުރަމުން ދެއެވެ.
ފިލްމު ނިމެނީ އެމީހުން ތުއްތު އިރު ޕްރޮފެސަރު އޮޅުވާލިކަން އެނޭހިސާބުންނެވެ.
100% ޔޫސޭގެ ފިލްމް ނިބޫގެ ކޮޕީއެއް